އައިޖީއެމްއެޗް --
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، (އައިޖީއެމް)ގައި ފަރުވާދެމުން ދަނިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އައިޖީއެމްއެޗުގެ އީއާރުގައި ފަރުވާދެމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހަކު މަރުވި މައްސަލައެއް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ 11:30ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މީހާ އައިޖީއެމްއެޗަށް ފަރުވާދިނުމަށް ޓަކައި ގެންގޮސްފައި ވަނީ ތަނަކުން ވެއްޓި ލިބުނު އަނިޔާއަކާ ގުޅިގެން ނޫންކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ބުނީ ފުލުހުން ބެލި ބެލުމުން ހަށިގަނޑުގައި ފަރުވާދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ވިޔަވައި ހަށިގަނޑަށް ގެއްލުމެއް ލިބިފައިހުރި ކަމުގެ ނިޝާނެއް ފެންނާން ނެތް ކަމަށެވެ.
އާއިލާގެ ފަރާތުން ވެސް މިހާތަނަށް ތުހުމަތުތަކެއްކޮށް އެ ފަދަ ޝަކުވާއެއް ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބުންޏެވެ.
އެ މީހާއަށް ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ތެދުވެގެން ދުއްވައިގަނެގެން ދަނިކޮށް ހެއްޓުނުކަމުގެ މައުލޫމާތު ހޮސްޕިޓަލުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވި އެ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގާފައިވާއިރު، ފުލުހުން ބުނީ ސާމްޕަލް ނަގާފައި ވަނީ އެ ފަދަ މައްސަލައެއް ހުށަހެޅުމުން އާންމުކޮށް އަމަލު ކުރާ އުސޫލުން ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރަށް ބަލާންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލުމުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް