ގައުމީ ތަރައްގީގައި ޒުވާނުންގެ ހަކަތަކަ ކިތަންމެހާވެސް ބޮޑަކަށް ބޭނުން: ރައީސް

ގައުމީ ތަރައްގީގައި ޒުވާނުންގެ ހަކަތަ ކިތަންމެހާވެސް ބޮޑަށް ބޭނުން ކަމަށް ރައީސް ވިދާޅުވި --

ގައުމީ ތަރައްގީގައި ޒުވާނުންގެ ހަކަތައާ ވާގިވެރިކަން ކިތަންމެހާވެސް ބޮޑަކަށް ބޭނުންވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މި އަހަރަށް ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގައުމީ ތަރައްގީގައި ޒުވާނުންގެ ހިއްސާ ބޮޑު ކުރުމަށް ޓަކައި ޒުވާނުން ބާރުވެރި ކުރުމުގެ މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށް ވިދާޅުވެ، ރައީސް ވަނީ އެ ގޮތުން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ތަމްރީނު ކުރެވެމުން ދާކަން ފާހަގަ ކުރައްވާފަ އެވެ.

ހަމައެހެންމެ ކޮމިއުނިޓީ އަޕް ސްކިލިން ޕްރޮގްރާމްގެ ތެރެއިން ޒުވާނުން ވަޒީފާގެ ބާޒާރަށް ނެރެ، އަމިއްލަ މަސައްކަތުން އުޅޭ ފުދުންތެރި ބަޔަކަށް ހެދުމުގެ މަގުސަދުގައި މިހާތަނަށް 21 ރަށެއްގައި 166 ޒުވާނުން ވަނީ އެ ތަމްރީނު ފުރިހަމަކޮށްފައިކަން، ރައީސް ފާހަގަ ކުރެއްވި އެވެ.

މި ކަންކަމުގެ އިތުރަށް، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާ ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާނެ ޒުވާނުން ބިނާ ކުރުމަށް 500 ޒުވާނުންނަށް އަމާޒު ކޮށްގެން، މި އަހަރުގެ ތެރޭގައި ތަމްރީނު ޕްރޮގްރާމު ތަކެއް ހިންގުމަށް ކަނޑައެޅިފައިވާ ކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގައުމުގެ މުސްތަގުބަލަކީ އަދުގެ ޒުވާނުން ކަމަށާއި، ޒުވާން ޖީލު ހަރުދަނާ ކުރުމަށް ޓަކައި ވިޔާނުދާ އަމަލު ތަކުން އެ ފަރާތްތައް ރައްކާތެރި ކުރުމަކީ އެ މަނިކުފާނުގެ ކޮނޑުފުޅުގައި އެޅިފައި އޮތް މުހިންމު ޒިންމާއެއް، އަދި ވާޖިބެއް ކަމަށެވެ.

ކޮންމެ ދާއިރާއެއްގައި ހިދުމަތްކުރިޔަސް ޒުވާނުންނަކީ ގައުމެއްގެ ދިރެމުންދާ އަދި ފޯދެމުންދާ އާބާދީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ގައުމެއްގެ އެންމެ އަގު ހުރި އެއް ރައުސްމާލަކީ އެ ގައުމެއްގެ ޒުވާނުން ކަމުގައި ސިފަކުރައްވައި، ރައީސް ވިދާޅުވީ، ގައުމީ ތަރައްގީގައި ޒުވާނުންގެ ހަކަތަ އާއި ވާގިވެރިކަން ކިތަންމެހައި ވެސް ބޮޑަކަށް ބޭނުންވާ ކަމުގަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy