އަންނަ އަހަރުން ފަށައިގެން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް 1،000 ޑޮލަރު ދޫކުރާނެ ކަމަށް ރައީސް ވިދާޅުވި --
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ ކޮންމެ ދިވެއްސަކަށް 1000 ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެ ގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ. އަދި އެ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ހަމަ މިއާއެކު 45 އަހަރަށްފަހު ފޮރިން އިންވެސްޓްމަންޓް ގާނޫނަށް މި ދިޔަ އަހަރު ގެނެވުނު ބަދަލާއެކު ރާއްޖެއަކީ، އިންވެސްޓަރުންގެ މެދުގައި ވާދަވެރި އަދި ޝައުގުވެރި މަންޒިލަކަށް ވެގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ ހަކަތަ ކަމުގައި ވިދާޅުވެ، ބަޔާން ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓުމަށް ޓަކައި މިދިޔަ އަހަރުގެ ތެރޭގައި، 374 ވިޔަފާރި އަކަށް ޖުމްލަ 198 މިލިއަން ރުފިޔާގެ ލޯނު ދޫކުރެވި، ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރި ތަކަށް ދޫކޮށްފައިވާ ލޯނު ތަކަށް ފައިސާ ދެއްކުމަށް ލުއި ތަކެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި މި އަހަރު ރާއްޖޭގެ އިގުތިސާދު 6.4 އިންސައްތައިން ކުރިއަރާނެ ކަމަށް އަންދާޒާކުރެއްވޭ ކަމުގައި ވިދާޅުވި އެވެ. މީގެއި ތުރުން ނިމިދިޔަ އަހަރަކީ ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވި އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށާއި، މިއީ 2023 ވަނަ އަހަރު ނިމުނުއިރު ރިޒާވްގައި ހުރި މިންވަރަށް ވުރެ 14 އިންސައްތަ އިތުރު އަދަދެއް ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް