ޖެނުއަރީ މަހު ވޭޕް ބޭނުންކޮށްގެން 12 މީހަކު ޖޫރިމަނާކޮށްފި

ފުލުހުން މަގުމަތި ބަލަހައްޓަނީ --

ވޭޕް ބޭނުންކޮށްގެން މި އަހަރުގެ ޖެނުއަރީ މަހު 12 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ބުނީ ޖެނުއަރީ މަހުގެ ނިޔަލަށް ވޭޕް ބޭނުންކުރުމުގެ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފަށައިގެންނެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި ތަފާސްހިސާބުން މިދިޔަ ޖެނުއަރީ މަހު ވޭޕް ބޭނުން ކޮށްގެން 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކުރި އެވެ. އެއީ 70،000 ރުފިޔާއިންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން 22 އަށް ވޭޕް ބޭނުން ކޮށްގެން ހަ މައްސަލައެއްގައި ހަ ހަމީހަކު ޖޫރިމަނާ ކުރެވިފައިވެ އެވެ. އެއީ 30،000 ރުފިޔާއިންނެވެ.

އޭގެ އިތުރުން އެ އަހަރުގެ ޑިސެމްބަރު 15 އިން 31 ގެ ނިޔަލަށް ޖުމުލަ 14 މައްސަލައެއްގައި 11 މީހަކު ޖޫރިމަނާ ކުރި އެވެ. އެއީ 60،500 ރުފިޔާއިންނެވެ.

ރައީސް ތަސްދީގު ކުރެއްވި ބިލުގައިވާ ގޮތުން ވޭޕާއި ވޭޕު ކުރަން ބޭނުން ކުރާ ތަކެތި ރާއްޖެއަށް އެތެރެކޮށްފި ނަމަ އެ މީހަކު 50،000 ރުފިޔާއިން އިން ޖޫރިމަނާ ކުރާނެ އެވެ. އަދި، އެތެރެ ކުރާ ކޮންމެ ވޭޕަކަށް އިތުރު 10،000 ރުފިޔާގެ މަގުން ޖޫރިމަނާ އިތުރު ކުރެވޭނެ އެވެ.

މީގެއިތުރުން، މި އިސްލާހުގައިވާ ގޮތުން ރާއްޖޭގައި ވޭޕް ވިއްކާ ކޮންމެ ފަރާތެއް ޖޫރިމަނާ ކުރެވޭނީ 20،000 ރުފިޔާއިންނެވެ. އަދި ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ ކަމަށް ބިލުގައިވެ އެވެ. ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަދި އެތަކެތި ބޭނުން ކުރާ ކޮންމެ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާއެއް ދައްކަންޖެހޭނެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy