އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު --
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އަނބުރާ އޭނާއަށް ދީފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުން ބުނެފައިވަނީ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ފައިސާއާ ގުޅޭ ގޮތުން ބަލާން ޖެހޭ ކަންކަން ބެލުމަށް ފަހު، ފައިސާތައް ވެރިފަރާތާ އަނބުރާ ހަވާލުކޮށްފައިވާ ކަމަށެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތި ތަކެއް ދިން މައްސަލައާ ގުޅުވައިގެން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ބަލައިފާސް ކުރީ, މިދިޔަ އަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު ރޭގަނޑު އެވެ. އަދި އެ ގެ ފާސްކޮށް 1.4 މިލިއަން ރުފިޔާ ވަނީ ގެންގޮސްފަ އެވެ.
މި ފައިސާ ފެނުމާ ގުޅުވައިގެން ރިލެކްސް ފެރީ ސާވިސްއިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ ހަވާލު ކޮށްގެން ލޯންޗެއް ބަނދެފައި ވާނެ ކަމަށެވެ. އަދި އެ ކުންފުނިން ބަން ލޯންޗުގެ ފެންވަރު ރަނގަޅުވުމުން ދެ ވަނަ ލޯންޗެއް ބަނުމަށް ޓަކައި މިދިޔަ އަހަރުގެ ކުރީކޮޅު ފަޒުލް އަށް 1.4 މިލިއަން ރުފިޔާ ދީފައި ވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް