ވާނުވާ މައްސަލަ ހައްލު ކުރާން ސަރުކާރަށް ހުށަހަޅާނީ ޖުޑީޝަރީއާ މަޝްވަރާ ކުރުމަށްފަހު

ޕީޖީ އޮފީހުން ބޭއްވި ބަންދު ފޯރަމްގެ ތެރެއިން --

ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުން ނުވަތަ ވާނުވާ ބަންދު މައްސަލައަށް ހައްލު ހޯދުމަށް ޓަކައި ބޭއްވި ""ބަންދު ފޯރަމް"ގައި ހުށަހެޅުނު ހައްލުތައް ކަމާބެހޭ އިދާރާ ތަކަށް ހުށަހަޅާނީ ޖުޑީޝަރީއާ މަޝްވަރާ ކުރުމަށްފަހު ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

މުއްދަތެއް ނެތް ގޮތަށް ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަ ތަކަށް ހައްލު ހޯދުމަށް ޓަކައި ޕީޖީ އޮފީހުން "ބަންދު ފޯރަމް" ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި އިދާރާ ތަކުން ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށް އިއްތިފާގުވާ ކަމަށާއި އަދި މައްސަލައަކީ ބަންދު ކުރާ މީހުންގެ މައްސަލަ ތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިޔުން ކަމަށް ޕީޖީން ބުންޏެވެ.

ޕީޖީ އޮފީހުން ބުނީ ކޯޓު ތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށް ގެންދިޔުން އަވަސް ކުރުމަށް ކޯޓު ތަކަށް ފަހިކޮށްދީ އެހީތެރިވުމަށް އިދާރާ ތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މި ބައްދަލުވުމުގެ ތެރެއިން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރި ކަމަށެވެ.

އެގޮތުން ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާ ތަކުގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރު ކުރުމާއި، ކޯޓު ތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިން ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިޔުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.

މި ފޯރަމްގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ، ޖުޑީޝިއަރީ ފިޔަވައި ޖިނާއީ އަަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާ އެކުގައި ކަމަށާއި ފޯރަމުގެ ދަށުން ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައި ކަމަށް އެ އޮފީހުން ބުންނެވެ.

އެގޮތުން މި ފޯރަމުގައި ހޯދުނު ހޯދުން ތަކާއި، ހައްލުތައް ތަންފީޒު ކުރުމަށް ޓަކައި ސަރުކާރަށާއި، ކަމާބެހޭ އިދާރާ ތަކަށް ހުށަޅާނީ ޖުޑީޝަރީގެ ބައިވެރިވުމާއެކު ކަމަށާއި އަދި އެ ކަންކަން ތަންފީޒު ކުރެވެމުންދާ މިންވަރާމެދު ފާރަވެރިވަމުން ގެންދާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy