ކުންފުނިތަކުގެ ވެރީންގެ މުސާރަތައް 90,000އަށްވުރެ ކުޑަ ކުރާން އަންގައިފި

ކުންފުނިަތަކުގެ ވެރީންގެ މުސާރަތައް ކުޑަކުރަން މިއަދު ވަނީ އަންގާފައި -- އަވަސް ފޮޓޯ

ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ވެރީންގެ ތެރެއިން 90،000 ރުފިޔާއަށް ވުރެ އިތުރަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރާން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރޮޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މުސާރަ އާއި އިނާޔަތްތަކާ ގުޅޭގޮތުން ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ، މި މަހުގެ އެއް ވަނަ ދުވަހުން ފަށައިގެން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރު ކުންފުނި ތަކުގައި ތިބި ޓެކްނިކަލް މުވައްޒަފުން ފިޔަވައި، ކުންފުނީގެ އިސް މަގާމު ތަކުގައި ތިބޭ މުވައްޒަފުންނަށް އެންމެ ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑު ތަކުގެ ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރަ އާއި އިނާޔަތް ތަކުން 90،000 ރުފިޔާ އަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރަ އާއި އިނާޔަތް ތަކުން 90،000 ރުފިޔާ އަށްވުރެ، އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނި ކުރުމަށް ޕީސީބީން ވަނީ އަންގައިފަ އެވެ.

މި ކަންކަމުގެ އިތުރުން ޓެކްނިކަލް މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންގެ މުސާރަތައް ވެސް 90،000 އަށްވުރެ އިތުރުވާ ނަަމަ އެ އިތުރުވާ ބައި ކެނޑުމަށް ޕީސީބީން ވަނީ އަންގާފަ އެވެ.

ޕީސީބީން ބުނި ގޮތުގައި މިއީ ސަރުކާރުގެ އިގުތިސާދީ، އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން އެޅިން ފިވަޔަޅެކެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

21 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy