ގައުމީ ޤުރުއާން މުބާރާތަށް ބަޖެޓުން ހަރަދު ކުރަން ރައީސް ނިންމައިފި

މިއަހަރުން ފެށިގެން ގައުމީ ޤުރުއާން މުބާރާތަށް ދައުލަތުން ހަރަދު ކުރަން ވަނީ ރައީސް ނިންމަވާފައި --

މި އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ހިންގައި މުބާރާތަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ރައީސްގެ މި ނިންމެވުން އިއުލާން ކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ އެންމެ ބޮޑެތި އިނާމުތައް ދީގެން އަދި އެންމެ އިނާމުތައް ގިނަ މުބާރާތް ކަމުގައި ހައްދަވާނެ ކަމަށެވެ.

މީގެ އިތުރުން މި އަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސް ކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ރައީސް ވަނީ ނިންމަވާފަ އެވެ.

މި ރަސްމިއްޔާތުގެ ތައްޔާރީތައް ވެސް އިސްލާމިކް މިނިސްޓްރީން މިހާރު އަންނަނީ ކުރަމުން ކަން ފާހަގަ ކޮށްލެވެ އެވެ.

ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ.

ޒަމާނުންސުރެ، ރާއްޖޭގެ އެކި ކަންކޮޅު ތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރި ކުރަމުން ދާއިރު މިއަދާ ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތް ތަކުން ދޭ ފައިސާއިން ބޮޑު ހަރަދެއް ކޮށްގެންނެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

24 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy