ގދ ތިނަދޫގައި ހިންގާ ހައުސިން މަޝްރޫއު: ފޮޓޯ/ ސޯޝަލް މީޑިއާ
ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން މިއަދު ގެޒެޓުގައި ކުރި އިއުލާނުގައި ބުނަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އެދުމުގެ މަތީން، ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިން ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހި ކަމުގެ މަޝްރޫއު އެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މަޝްރޫއުގައި ހިމެނެނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ރާއްޖޭގެ 57 ރަށެއްގައި ގާއިމް ކުރުމުގެ މަސައްކަތް ކަމަށް ފިނޭންސުން ބުނެ އެވެ.
އެ މަޝްރޫއުގެ ދަށުން އިއުލާނު ކުރުމަށް ހަމަޖެހިފައިވާ ކޮންޓްރެކްޓް ތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލު ތަކާއި މާލިއްޔަތު ގަވާއިދުގެ ބަޔާންކޮށްފައިވާ ހަމަ ތަކުގެ މަތީން ކަމަށް ފިނޭންސުން ބުންޏެވެ.
ފިނޭންސުން ބުނީ އެ މަޝްރޫ އަށް ޝައުގުވެރިވާ ބީލަންވެރީންނަށް އެނެކްސް 2 ގައި ކަނޑައަޅާފައިވާ ކެޓަގަރީ ތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.
މީގެ އިތުން ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލެވޭ ކޮންޓްރެކްޓް ތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށް ފިނޭންސުން ބުންޏެވެ.
ޕްރީ-ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިން ލިސްޓުގައި ހިމެނުމަށް ޝައުގުވެރިވާ ބީލަންވެރިީން ނުވަތަ އިތުރު މައުލޫމާތު ބޭނުންވާ ފަރާތް ތަކުން، tender@finance.gov.mv މެއިލް ކުރުމަށް ފިނޭންސުން އެދިފައިވެ އެވެ.
ރާއްޖޭގެ އުތުރުގައި 20000 ހައުސިން ޔުނިޓް އަދި ދެކުނުގައި 20000 ހައުސިން ޔުނިޓްގެ މަޝްރޫއު ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވައުދު ތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެކެވެ.
އެގޮތުން މި އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމާ ގުޅޭ މަސައްކަތް ތަކަށް 2.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައިވާއިރު މީގެ ތެރެއިން އެއް ބިލިއަން ރުފިޔާ ހަރަދު ކުރާން ނިންމާފައި ވަނީ އުމްރާނީ ތަރައްގީގެ މަސައްކަތް ތަކަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް