2024: ރައީސް ޗައިނާގެ ރައީސާ ބައްދަލުކުރައްވަނީ --
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެ ގައުމުގެ ވެރީންނަށް ތަހުނިޔާ ފޮނުއްވައިފި އެވެ.
ޗައިނާގެ ތަހުނިޔާ ފޮނުއްވީ އެ ގައުމުގެ ރައީސް ޝީ ޖިންޕިން އަށާއި، ޕްރިމިއާ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެމްބާ އޮފް ދަ ސްޓޭންޑިން ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާން އަށެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ އާއި އިހުލާސްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެ އެވެ.
މީގެ އިތުރުން އެ މަނިކުފާނުގެ މެސެޖްގައި، ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ދެމުންދާ އިސްކަން ފާހަގަ ކުރައްވަމުން، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ޖެހޭ ކަން ފާހަގަ ކުރައްވާފައިވެ އެވެ.
އަދި "ޗައިނާ މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް" އިތުރަށް ހަރުދަނާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އަލިއަޅުއްވާލައްވައިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، ޗައިނާގެ ރައީސާއި ބޮޑުވަޒީރަށް، ދުޅަހެއު ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފަ އެވެ.
ރާއްޖެއާއި ޗައިނާއާއި ދެމެދު ހާރިޖީ ގުޅުން ގާއިމު ކޮށްފައި ވަނީ 14 އޮކްޓޯބަރ 1972ގަ އެވެ.
ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓްގައި ވެސް މެސެޖެއް ހިއްސާ ކުރައްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް