ރޯދަ މަހަށް ހާއްްސަކޮށް "އެއް ގެއިން އަނެއް ގެއަށް" ކެންޕޭން އެޗްޑީސީން ފަށައިފި

އެޗްޑީސީ --

ރޯދަ މަހާ ދިމާކޮށް ގެތަކުން އުކާލާ ތަކެތީގެ ތެރެއިން، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި، ހަދިޔާކުރުމަށް "އެއް ގެއިން އަނެއް ގެއަށް" ނަމުގައި ހާއްސަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ގޭތެރޭގެ އާބާތުރަ ފިލުވުމަށް ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު އާކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ އާދައެއް ކަމަށެވެ. އަދި އޭގެތެރެއިން އުކާލާ ތަކެތީގެ ތެރޭގައި މާބޮޑަށް ބާނުވާ، އަލުން ބޭނުންކުރެވޭނެ ތަކެތި ހިމެނޭކަން ފާހަގަކުރެވޭ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމަކީ އެއްގެއިން ބޭނުން ނުވާ، ނަމަވެސް ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަކެތި ނެގުމަށްފަހު، އެ ތަކެތި ބޭނުންވާ އެހެން ފަރާތަކަށް ހަދިޔާ ކުރުމަށް ކުރިއަށް ގެންދާ ކަމެއް ކަމަށެވެ.

އެގޮތުން، މި ޕްރޮގްރާމަށް ހުޅުމާލޭގެ ކޮންމެ ގެއަކުން ވެސް ތަކެތި ހަދިޔާ ކުރެވިދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ބޮޑަށް އަމާޒު ކުރަނީ ބޭނުންކޮށްފައިވާ އަދި ބޭނުން ކުރެވޭ ހާލަތުގައި ހުރި ފަރުނީޗަރާއި ގޭގައި ގެންގުޅޭ އިލެކްޓްރޯނިކްސް ފަދަ ތަކެއްޗަށް ކަމަށް ވެސް ބުނެއެވެ.

މި ކެމްޕެއިން ކުރިއަށް ދާނީ މި ފެށޭ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެ ހަފްތާގެ ނިޔަލަށެވެ. މި ޕްރޮގުރާމުގެ ދަށުން ގޭގެއިން ތަކެތި ނެގުމަށްފަހު، އެ ތަކެތި ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސޭނެ އެވެ. އެގޮތުން، ގޭގެއިން ތަކެތި ނެގުން ހުއްޓާލާނީ ފެބްރުއަރީ 16 ވަނަ ދުވަހުގައި ކަމަށް ބުންޏެވެ. އަދި މީގެއިތުރުން އެ ތަކެތި ދޫކުރުމަށް ކަނޑައެޅިފައިވާ މުއްދަތަށް ފަހުގައި ބާކީ އެއްވެސް އެއްޗެއް ހުރެއްޖެނަމަ، އެތަކެތި ދޫކުރާނީ ބޭނުންޖެހިފައިވާ ފަރާތްތައް ދެނެގަތުމަށްފަހު، އެ ފަރާތްތަކަށެވެ.

މި ޕްރޮގުރާމުގެ މަގްސަދަކީ، ރޯދަ މަހުގައި އެކަކު އަނެކަކަށް ތަކެތި ހަދިޔާކުރުމާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް ތަކެތި ފޯރުކޮށްދީ އެހީތެރިވުމަށް ބާރު އެޅުން ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިއީ، ރަމަޟާން މަހާ ދިމާކޮށް ފްލެޓުތަކުން އުކާލުމަށް ނެރެފައި ހުންނަ ކުނީގެ މައްސަލަ ހައްލު ކުރުމާއެކު ނައްތާލަންޖެހޭ ކުނި މަދުކޮށް، އަލުން ބޭނުންކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް ބުންޏެވެ.

މި ޕްރޮގުރާމަށް ތަކެތި ހަދިޔާކުރަން ބޭނުންނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންނަމަ، އެޗްޑީސީގެ ހޮޓްލައިން ނަންބަރު 7412111 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އެޗްޑީސީން އެދިފައިވެއެވެ.

ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް 09:00 އިން 13:00 އަށެވެ. އަދި ހުކުރު ދުވަހު 15:00 އިން 18:00އަށެވެ.

 ހޮނިހިރު ދުވަހު ކޯލް ސެންޓަރަށް ގުޅޭނީ ހެނދުނު 10:00އިން 14:00އާ ދެމެދުއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy