ރައީސް ހއ. މުރައިދޫގައި ވާހަކަފުޅު ދައްކަވަނި --
މި ދައުރުގައި ދެން ފެނިގެންދާނީ ބަޖެޓުގައި ހުރި ފުރުސަތު ތަކުގެ ތެރެއިން ހުއްޓިފައި ހުރި ކަންކަމާއި ސަރުކާރުން އަލަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ހިނގައި ގަންނަ މަންޒަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހއ. މުރައިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ ރަށު ސުކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވަރަށް ސާފުކޮށް ސަރުކާރުން ކުރާނެ ކަންކަން ތަރުތީބު ކުރެވިގެން ދާނެ ގޮތް އަބަދު ވެސް ހާމަ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ސަރުކާރުގެ ދުރުރާސްތާ ޕްލޭނާއި މެދު ރާސްތާގެ ޕްލޭންގެ އިތުރުން ކަންކަން ކުރުމުގައި އިސްކަންދޭ ތަރުތީބުވެސް އިއުލާން ކުރައްވަމުންދާކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަން ދީގެން، ރައްޔިތުންނަށް އެ ދަތިވާ ކަން ކަމަށް ހައްލުތައް ގެނެސްދިނުމަށް" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާ މަޝްވަރާ ކޮށްގެން، ރަށްރަށުގައި ނުފެށި ހުރި، އަދި ހުއްޓިފައިހުރި މަޝްރޫއުތައް ހިންގޭނެ މަގު ތަނަވަސް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން އަންނަ ކަމަށެވެ.
އަދި އެކަންކަން ކާމިޔާބު ކުރެވޭނެ ކަން ފާހަގަ ކުރައްވައި، ދެން ފެނިގެން ދާނީ ބަޖެޓުގައި ހުރި ފުރުސަތު ތަކުގެ ތެރެއިން ހުއްޓިފައި ހުރި، ނުހިނގާހުރި ކަންކަމާއި، އަދި ސަރުކާރުން އަލަށް ކުރުމަށް ވައުދުވެފައިވާ ކަންކަން ހިނގައިގަންނަ މަންޒަރު ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް