ރައީސް ހއ. މުރައިދޫ ކައުންސިލާ ބައްދަލުކުރެއްވުން --
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ހއ އޮތަޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުރާދޫއަށް ވަޑައިގެން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއާ މުއައްސަސާ ތަކުގެ ވެރީންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި މުރައިދޫ ކައުންސިލުން ވަނީ، ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ އާއި، ނެރާއި ބޭރު ތޮށްޓާއި ބަނދަރުގެ މައްސަލައިގެ ސަބަބުން ލަފާ ފުރުމަށް ދިމާވެފައިވާ މައްސަލަ އަށް އެދެވޭ ހައްލެއް ހޯދުމަށާއި، ރަށު ސްކޫލާއި ސިއްހީ މަރުކަޒުގެ ތަރައްގީ އަށް ބޭނުންވާ ކަންތައްތައް ހިއްސާ ކުރައްވާފަ އެވެ.
މީގެ އިތުރުން މުރައިދޫގެ މަގުތަކުގެ ހާލަތާއި، ކަރަންޓުގެ ހާލަތު ހިއްސާ ކުރައްވައި، ފުޓްސަލް ދަނޑެއް ބޭނުންވާ ކަން ކައުންސިލު މެންބަރުން ފާހަގަ ކުރެއްވި އެވެ.
ރައީސް ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރި ކުރައްވައި ކައުންސިލުން ފާހަގަ ކުރެއްވި ކަން ކަމުގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.
ތައޫލީމީ ދާއިރާގެ ތަރައްގީއަށް ޓަކައި ކައުންސިލާއި ސުކޫލާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ތަރައްގީގެ ޕްލޭނެއް އެކުލަވާލައިގެން ރަށު ސުކޫލަށް ބޭނުންވާ ކަންކަން އެންމެ އިސްކަން ދޭ ތަރުތީބަކުން ބަހާލައިގެން ކޮށް ނިންމުމަށާއި ސިއްހީ މަރުކަޒަށް ބޭނުންވާ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސް އިރުޝާދު ދެއްވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް