ދާއިމީ ގޮތެއްގައި ބޭރުގެ ސިފައިން ރާއްޖެއަށް ބޭނުމެއްނުވޭ، އަދި ނުވެސްވާނެ - ޣައްސާން

---

ރާއްޖޭގައި ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ސިފައިން ތިބެން ބޭނުމެއް ނުވާނެ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގެ އިންޓަނޭޝަނަލް އިންސްޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސްގެ ފަރާތުން ބޭއްވި "ޝަންގްރިލާ ޑައިލޮގް 2024"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުގައި ދިފާޢީ ޤާބިލުކަން އިތުރުކޮށް ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އިސްކަންދެއްވާ ކަމަށެވެ. އަދި ދިފާޢީ ގުޅުންތައް ވަރުގަދަކުރިނަމަވެސް އެއްވެސް މާނައެއްގައި ދިވެހި ބިމުގައި ބޭރުގެ ސިފައިން ޤާއިމްވެ ތިބުމަށް ދިވެހި ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ބިމުގައި ދާއިމީ ގޮތެއްގައި ބޭރުގެ އަސްކަރީ ޙާޒިރީއެއް ބޭނުމެއްނުވޭ އަދި ނުވެސްވާނެ. އަޅުގަނޑުމެންގެ އުންމީދަކީ، ރައްޔިތުންގެ މި ޑިމޮކްރެޓިކް ނިންމުމަށް އަޅުގަނޑުމެންގެ އެކުވެރި ޤައުމުތަކުން އިޙްތިރާމް ކުރެއްވުން،". ވަޒީރު ވިދާޅުވިއެވެ.

ރާއްޖެ ފަދަ ކުދި ގައުމުތަކުގެ މިނިވަންކަމާއި ސަލާމަތީ ކަންކަން ކަށަވަރުކޮށްދެއްނީ ބައިނައްލަގުވާމީ ގާނޫނުތަކުން ކަމަށާއި އެހެން ނަމަވެސް ފަހަކަށް އައިސް ބައެއް ބޮޑެތި ގައުމުތަކުން އެ ގާނޫނުތަކާއި އުސޫލުތަކަށް އަމަލުނުކުރާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބުން ކުދި ގައުމުތަށް ދިފާއީ ގޮތުން ބަލިކަށިވެ، އަމިއްލަ މިނިވަންކަން ކަށަވަރު ކުރުމަށް ބޮޑެތި ގައުމުތަކާއިއެކު ދިފާއީ ގުޅުން އުފައްދަންޖެހޭ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ އަބަދުވެސް ބައިނައްލަގުވާމީ ގާނޫނުތަކަށް އަމަލުކުރާނެ ގައުމެއްކަމުގެ ޔަގީންކަންދެއްވަމުން ވޒީރު ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ދިފާއީ ނިޒާމު ވަރުގަދަކުރުމަށްޓަކައި އެހެން ގައުމުތަކާއި ގުޅުން ބަދެހިކުރަންޖެހޭ ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުއިއްޒުގެ އަމާޒު ކަމަށް ވެސް ވިދާޅުވިއެވެ.

ރާއްޖޭގެ ސުލްހައާއި، ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަން ޤާއިމްކުރުމަށް ރައިސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކުގައި އެންމެ އިސްކަންދެއްވަނީ، ރާއްޖޭގެ އަމިއްލަ ދިފާއީ ބާރުތަކުގެ ކެޕޭސިޓީ އިތުރުކުރުމަށާއި ދުނިޔެ ޤަބޫލުކުރާ މިންގަނޑުތައް ރާއްޖޭގެ ސަރަހައްދުގައި ކަށަވަރު ކުރުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާރުގެ ގުޅުންތައް ދެމެހެއްޓައި، އިތުރު ގުޅުތައް ޤާއިމްކުރެއްވުމަށްވެސް ރައީސް އިސްކަންދެއްވާކަމަށް ވަޒީރު ވިދާޅުވިއެވެ

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy