ރޯދައަށް ތައްޔާރުވާން މާލެ ސާފު ކުރަނީ

ސިޓީ ކައުންސިލްގެ ބައްދަލުވުމެއް ކުރިއަށް ދަނީ --

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސިޓީގެ މަގުތައް ސާފުކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރުމަށް ނިންމައިފި އެވެ.

ވެމްކޯއިން ކައުންސިލާއެކު ބޭއްވި ބައްދަލުވުމަށް ފަހު ނިންމާފައި ވަނީ މަގު ތަކަށް އުކާފައިހުންނަ ކުނިތައް ނަގައި މަގުތައް ސާފުކުރުމަށެވެ.

މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ބަރަކާތްތެރި ރޯދަ މަހަކީ، ހުރިހާ ރައްޔިތުން އަޅުކަމާގެން މަސްއޫލުވެގެންއުޅޭ މަހެއް ކަމަށާއި އެހެން ކަމުން، މާލޭގެ މަގުތަކާއި ގޯޅިތަކާއި ހުސްބިންތަކާއި ޕާކުތައް ސާފުތާހިރުކޮށް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި މަގުތައް ރީތިކޮށް ބޭއްވުމަށް، ކައުންސިލުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށް މޭޔަރު އާޒިމް ވިދާޅުވި އެވެ.

"މި މަސައްކަތުގައި ވެމްކޯއާއި ގުޅިގެން މަސައްކަތް ކުރުމަށް ނިންމީ، މާލޭގެ ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން،" އޭނާ ވިދާޅުވި އެވެ.

މި މަސައްކަތުގެ ތެރޭގައި މަގު ތަކަށް އުކައިފައި ހުންނަ ކުންޏާއި ބާ ވެހިކަލްތައް ނެގުމާއި، އަދި މަގު ތަކުގެ ކާނުތައް ސާފުކުރުން ހިމެނެއެވެ. މާލެ ސާފުތާހިރުކޮށް ބޭއްވުމަށް މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ ޔުނިޓުން ވަނީ ހާއްސަ ޓާސްކްފޯހެއް އެކުލަވައިލައިފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy