ތިން ކައުންސިލަކަށް ރަސްމީކޮށް ފަޅުރަށް ހަވާލު ކޮށްފި

3 ކައުންސިލަކަށް ރަސްމީކޮށް ވަނީ ފަޅުރަށް ހަވާލުކޮށްފަ -- އަވަސް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރެއްވި ކައުންސިލް ތަކަށް ފަޅު ރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ދަށުން އިތުރު ތިން ކައުންސިލަކަށް ހަތަރު ފަޅުރަށް ހަވާލު ކޮށްފި އެވެ.

މި ރަށްރަށް ކައުންސިލްތަކާ ހަވާލު ކުރުމުުގެ އެއްބަސްވުން ތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ ފިނޭންސް މިނިސްޓްރީގަ އެވެ.

އެއްބަސްވުމުގައި ކައުންސިލު ތަކުގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލު ތަކުގެ ރައީސުންނެވެ. އަދި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން އެވެ.

މިއީ ލ. ބޮޑުމާބުޅަލި ލ. މާވަށު ކައުންސިލާ ހަވާލު ކުރުމާއި ދ. މިނިމަސްގަލި އަދި ދ. ފެންފުށި ދ. އަތޮޅު ކައުންސިލާ ހަވާލު ކުރުމުގެ އިތުރުން ރ. ނެޔޮ. ރ. އިނގުރައިދޫ ކައުންސިލާ ހަވާލު ކުރުމުގެ އެއްބަސްވުމެވެ.

ރަސްމީކޮށް ފަޅު ރަށްރަށް ހަވާލުކުރި ކައުންސިލްތަކަކީ،

1. ދ. އަތޮޅު ކައުންސިލް: ދ. މިނިމަސްގަލި އަދި ދ. ފެންފުށި

2. ރ. އިނގުރައިދޫ ކައުންސިލް: ރ. ނެޔޮ

3. ލ. މާވަށު ކައުންސިލް: ލ. ބޮޑުމާބުޅަލި

ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވި ކައުންސިލު ތަކަށް ފަޅު ރަށްތައް ދޫ ކުރުމުގެ ސިޔާސަތުގެ ދަށުން މިހާރު ވެސް 24 ފަޅު ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހުޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮންމެ ކައުންސިލަކަށް 25 އަހަރަށް ފަޅު ރަށެއް ދިނުމަށް ރައީސް ޑރ. މުއިއްޒު ނިންމެވުމަކީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި އެ މަނިކުފާނު ގެންގުޅުއްވައި ހާއްސަ ސިޔާސަތުގެ ދަށުން ނިންމަވާފައިވާ ނިންމުމެއް ކަމުގަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy