ފޭދޫ ފިނޮޅު ކައިރިން ހިނގި ލޯންޗު އެކްސިޑެންޓު: ދެ މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ލޯންޗު އެކްސިޑެންޓުގައި ދައުވާ ކުރުމަށް ފޮނުވި ދެ މީހުން --

ކ. ފޭދޫފިނޮޅު ކައިރިން ދެ ލޯންޗު ޖެހިގެން ހިނގި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ މީގެ ދެ އަހަރު ކުރިން 2023 ވަނަ އަހަރުގެ އޭޕްރީލް 29 ވަނަ ދުވަހުގެ 16:42 ހާއިރު "ސަސް އީ ސްޕީޑް" ލޯންޗާއި "އެމްޑަބްލިޔުއެސްސީ މެރިން 2" ލޯންޗު ޖެހިގެންނެވެ.

މި މައްސަލާގައި ދައުވާ ކުރުމަށް ފުލުހުން ފޮނުވާފައި ވަނީ ކ. ކާށިދޫ، ހީނާވިލާ، ޔާނިސް ހަމީދު، 35، އަދި ހދ. ނޮޅިވަރަމް، ގްރީންހައުސް، މުޙައްމަދު ޖަމީލް، 43 އަށެވެ.

މި ދެ މީހުންނަކީ އެ ދުވަހު އެކްސިޑެންޓް ހިނގި ވަގުތު އެ ދެ ލޯންޗު ދުއްވަން ތިބި މީހުންނެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި އެ ދެ މީހުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް އެންމެ ފުރަތަމަ މައްސަލަ ފޮނުވާފައި ވަނީ 2023 ޖޫން ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް މައްސަލަ އިސްލާހު ކުރުމަށް އަނބުރާ ފޮނުުވުމަށްފަހު ދެ ވަނަ ފަހަރަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

ނުރައްކާތެރި މި އެކްސިޑެންޓްގައި މަރުވެފައި ވަނީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށްވާ ސަސް އީ ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދު އެވެ.

އޭނާ މަރުބީ އެ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެ ދުވަހުގެ 18:15ހާއިރު އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

13 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy