ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމައި ބައިވެރީންނަށް އެވޯޑް ދީފި

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމްގެ ބައިވެރީންނަށް އެވޯޑު ދެނީ --

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ޓްރެއިނިން ސެންޓަރު ދ. ވާނީގައި ކުރިއަށްގެންދިޔަ ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ވާނީގައި ރޭ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫން އެވެ.

މި ރަސްމިއްޔާތުގައި، ކޯހުން ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރާއި ދާހިލީ ވަޒީރު އަދި ކޮމިޝަނަރު އޮފް ޕޮލިސް އެވެ.

މި ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހަސަން އަލީފް އިބްރާހީމް އެވެ. ކޮމިޝަނާ އޮފް ޕޮލިސް އެކްސެލެންސް އެވޯޑު މި ދަރިވަރަށް ހަވާލުކޮށްދެއްވީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

ކޯހުގެ އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ކޮންސްޓަބަލް ޝިނާ މުޙައްމަދު ޖުނައިދު ހޮވިފައިވާއިރު، އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ކޮންސްޓަބަލް ހަސަން އަލީފް އިބްރާހީމް އެވެ.

އެންމެ މޮޅު ސްކޮޑަކަށް ހޮވިފައި ވަނީ ބީފާނު ސްކޮޑެވެ. މި ސްކޮޑަށް ޝީލްޑް ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު އެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ރާއްޖޭގެ ގާނޫނު އަސާސީން ފުލުހުންނާ މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭ ގޮތުގައި އަދާ ކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.

މި ކޯހުގައި، ދީނީ ވާޖިބު ތަކާއި އިސްލާމީ ރިވެތި އަހުލާގާއި އިންސާނީ ހައްގުތައް އަދި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ކުރިއަށް ގެންދިޔަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު 14 އިން މި ޖަނަވަރީ މަހުގެ 14 އަށް ކުރިއަށް ގެންދިޔަ 38 ވަނަ އަސާސީ ތަމްރީނު ކޯހުގައި 140 ފުލުހުން ބައިވެރިވެ 127 ފުލުހުން ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށް ފާސްވެފައިވެ އެވެ.

މީގެ ތެރޭގައި ހިމެނެނީ 37 އަންހެން ފުލުހުންނާއި 90 ފިރިހެން ފުލުހުންނެވެ.

ކޮމެންޓް

2 ގަޑިއިރު ކުރިން
ވަރަށް ރަނގަޅު ކަމެއް
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy