މުޑުދާރުކޮށް ކާބޯތަކެތި ހަދައި ތަނެއް ރެއިޑްކޮށް 13 ބިދޭސީއަކު އަތުލައިފި

މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރު ކުރަން ހުރި ބިދޭސީއެއް -- --

އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މުޑުދާރުކޮށް ކާބޯތަކެތި ހަދައި ތަނެއް ރެއިޑްކޮށް 13 ބިދޭސީއަކު އަތުލައިފި އެވެ.

މި މަހުގެ 23 ވަނަ ދުވަހު، ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ކުރި އެކްސް ޕޯސްޓެއްގައި ބުންޏެވެ.

އަދި ގަވާއިދާ ހިލާފަށް މި ތަނުގައި އުޅެމުންދިއަ 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ބުންޏެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ވީޑިއޯގައި ފެންނަނީ ކުކިން އޮއިލް ހުސްކުރި ރީނދޫ ކުލައިގެ ހަންބުރިއަކަށް އޮލަ އެއްޗެއް އަޅާފައި ވަރަށް މުޑުދާރުކޮށް ހުރި ޓައިލްސް ތަކެއްގެ މަތީގައި މަތި ނުޖަހާ ބަހައްޓާފައިވާ މަންޒަރެވެ. އަދި އެ ތަނުގެ ތެރޭގައި ބުޅާ އުޅެނިކޮށް ވެސް ވީޑިއޯއިން ފެނެ އެވެ.

ޓާސްކު ފޯހުން ވަނީ އިއްޔެ އާއި މިއަދު މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައި ފާސްކޮށްފަ އެވެ.

މިތަނަކީ ވެސް އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރު ކަމެއް ނެތި ބިދޭސީން އުޅެމުންދިޔަ ތަނެއް ކަމަށާއި އަދި މި ތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ކޮމެންޓް

2 ގަޑިއިރު ކުރިން
ރާއްޖޭގައި މި އުޅޭ ބިދޭސީން ހާދަ މުޑުދާރޭ. މިމީހުންގެ އަތުންް އަދާ ކާއެއްޗެހި އަހަރެމެން ދަރިންނަށް މި ކާންދެނީ
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy