ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް: ސަން ފޮޓޯ
އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރާ ތަހުގީގުތައް އަވަސްކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރު ކުރައްވައިފި އެވެ.
ޕީޖީން ބުނެފައިވަނީ އެންޓިކޮރަޕްޝަން ކޮމިޝަނުން ހިނގައި ޖިނާއީ ތަހުގީގުތައް އެކަށީގެންވާ އަވަސްމިނެއްގައި ހިނގަމުން ނުދާކަމުގެ ޝަކުވާ ޕްރޮސިކިއުޓާ ޖެނެރަލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މިކަންޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރޫފު ބެއްލެވިއިރު، ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގެ ތަހުގީގު ހިމެނޭ ގޮތުން، އޭސީސީ އިން ހިންގައި ޖިނާއީ ތަހުގީގުތައް ލަސްވެ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަ ތަކުގައި ދައުލަތަށް ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައްޔާއި އެފަދަ މައްސަލަތަކުގައި ދައުލަތާއި އާންމު ރައްޔިތުންގެ މަސްލަހަތު ތަކަށް އުނިކަން އަންނަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް ޕީޖީން ބުނެ އެވެ.
މި ސަބަބަށް ޓަކައި، ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) އާއި، އެ މާއްދާގެ (ފ) އިން ޕީޖީ އަށް ލިބިދޭ ބާރުގެ ދަށުން، އޭސީސީން ތަހުގީގު ކުރަމުން އަންނަ އެންމެހައި ޖިނާއީ މައްސަލަތައް ޕީޖީ އޮފީހަށް ހުށަހެޅުމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދެއް އެކުލަވައިލައި، އެ އިރުޝާދަށް މިއަދުން ފެށިގެން އަމަލު ކުރުމަށް އަމުރު ކުރައްވާފައިވެ އެވެ.
ޕީޖީގެ އަމުރުގައި އެމްއެމްޕީއާރުސީ މައްސަލައާއި، ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ މައްސަލަ އާއި، ސަރުކާރު ހިއްސާވާ ކުންފުނި ތަކާއި، ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްއާ ގުޅުންހުރި މައްސަލަތައް ފަދަ ދައުލަތުގެ މާލިއްޔަތާއި އާންމު ފަރުދުންގެ މަސްލަހަތާ ގުޅުން ހުރި ހިޔާނާތުގެ ބޮޑެތި މައްސަލަ ތަކުގެ ތަހުގީގު، ހާއްސަ ސަމާލުކަމެއް ދީގެން އަވަސްކޮށް، ޕީޖީ ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް އެ އޮފީހަށް ހުށަހެޅުމަށްވެސް އަމުރު ކުރައްވާފައިވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް