ކުޑަދޮރުން ކުއްޖަކު ނުކުންނަ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން އެދެފި

ކުޑަދޮރަކުން ކުއްޖަކު ނުކުންނަން އުޅޭ ވީޑިއޯގެ ސްކްރީންޝޮޓެއް --

އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ބޭރަށް ނުކުތުމަށް މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.

މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ކުޑަކުއްޖަކު އުސް އިމާރާތެއްގެ ފަސް ވަނަ ބުރީގެ ކުޑަދޮރުމައްޗަށް އަރައި ދެފައި ތިރިކޮށް ބޭރަށް ފައިބަން އުޅޭ މަންޒަރެވެ. އެގޮތަށް ދެ ފަހަރެއްގެ މަތީން އެ ކުއްޖާގެ ދެފައި ތިރިކޮށްލަ އެވެ.

އަދި އެ ވަގުތު މަގުމަތީގައި ތިބި ބަޔަކަށް އެ މަންޒަރު ފެނިގެން އެ ކުއްޖާ އެތެރެއަށް ވަނުމަށް ގޮވައި ނަސޭހަތްތެރިވާ އަޑު ވެސް އެ ވީޑިއޯއިން އިވެއެވެ.

މި ވީޑިއޯ މައްސަލަ ސަމާލު ކަމަށް އައުމާއެކު މި ހާދިސާއާ ގުޅިގެން އަޅާންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ފުލުހުން ކުރި އެކްސް ޕޯސްޓުގައި ބުނެފައިވެ އެވެ.

"އިމާރާތެއްގެ 5 ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފަ. މި ވީޑިއޯ ދައުރު ކުރުން ހުއްޓާލައި ވީޑިއޯ ރިމޫވްކޮށްލަން އަޅުގަނޑުމެން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަން،" ޕޯސްޓުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނޭ ކަމެއް ކަމަށާއި އަދި އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށް ވެސް ނަފްސާނީ ގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، "ޓްރިގާ" ވެ، އެ މީހުން ނުރައްކަލަކަށް ހުށަހެޅިދާނެ ކަމަށް ފުލުހުން ދެކޭ ކަމަށް ބުނެ އެވެ.

އެފަދަ ފޫޓޭޖުތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާ ސަގާފަތެއްގެ ގޮތުގައި އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވަގެން ހިނގައިދާނެ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

"މީގެ ބަދަލުގައި ރައްކާތެރި ކަމުގެ ފިޔަވަޅު ތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރި ކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރު ކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމް ތަކުން ނެގުމަށް ރިޕޯޓު ކުރުން ފަދަ ކަން ކަމަށް އިސްކަންދިނުމަށް މި ހިދުމަތުން ގޮވާލަމެވެ،" އެކްސް ޕޯސްޓުގައިވެ އެވެ.

އެއްވެސް ފަރާތަކުން މި ވީޑިއޯ ޝެއާ ކޮށްފައިވާ ނަމަ އެ ނަގާ، އެހެން މީހުންނަށް ވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ވެސް ފުލުހުން އިލްތިމާސް ކުރެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy