ބިދޭސީން ހަމަނުހެނުން ހިންގައި ތަންތަން މޮނީޓާ ކުރަން އޮޕަރޭޝަނެއް ފެށުން —
އާންމު ސަރަހައްދު ތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި މިފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ހިންގަމުންދާ ކަން ފާހަގަ ކުރެވިފައި ވާތީ އެ ތަންތަން މޮނިޓާ ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަންގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ ބިދޭސީން ހަމަނުޖެހުން ހިންގައި ސަރަހައްދުތައް މޮނިޓާ ކުރަން ފަށާފައި ކަމަށް އެ އިދާރާއިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އަދި އާއްމު މަސްލަހަތައް ނުރައްކާ ވެދާނެ މި ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އެ އިމިގްރޭޝަންގެ ފަރާތުން މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
"މި ހަރަކާތްތައް ކުރިއަށްދާއިރު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައެއް ފާހަގަ ވެއްޖެ ނަމަ ޓާސްކު ފޯހުން އެ ފަދަ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ،" ޕޯސްޓުގައިވެ އެވެ.
ރާއްޖޭގައި ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ ސިލްސިލާ އިންސްޕެކްޝަން ތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އެ ތަނުގެ ބެލުމުގެ ދަށަށް ގެންގޮސް އަހަރުގެ މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވެ އެވެ.
މި ރާއްޖޭގެ ކުށުގެ ވެއްޓަށް ބަލާއިރު ބޮޑެތި ޖިނާއީ ކުއްތަކުގެ ތެރެއިން މަރުގެ މައްސަލަ ތަކާއި މަސްތުވާ ތަކެތީގެ ބޮޑެތި މައްސަލަތައް އަދި ބަދުއަހުލާގީ މައްސައްލަ ތަކުގައި ބިދޭސީން ޝާމިލުވާ މިންވަރު ހުރީ ކަންބޮޑުވާން ޖެހޭ ދަރަޖައިގަ އެވެ.
އޭގެ އިތުރުން ވައްކަމާއި ފޭރުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގައި ވެސް ބިދޭސީން ބައިވެރިވާ ނިސްބަތް މި ފަހަކަށް އައިސް ގިނަކަން ފާހަގަ ކުރެވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް