އިދިކޮޅަށް އުނދަގޫ ވަނީ ރައްޔިތުންނާއެކު ރައީސް ހޭދަ ކުރައްވައި ވަގުތުގެ ސަބަބުން

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް --

ވާދަވެރީންނަށް އުނދަގޫ ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާއެކު ވަގުތު ހޭދަ ކުރައްވާތީ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސްގެ ރ. އަތޮޅުގެ ދަތުރުފުޅުވެސް ވެގެން މި ދިޔައީ އަތޮޅުގެ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވި ރައްޔިތުންނަށް މުހިއްމު ޚިދުމަތްތަކެއް ފެށިގެންދިޔަ އަދި އުއްމީދު ތަކެއް ގެނުވި ތާރީހީ ދަތުރުފުޅަކަށް ކަމަށް އެ މަނިކުފާނު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވި އެވެ.

"ވާދަވެރިންނަށް މިއަދު އެންމެ އުނދަގޫވަނީ ރަައީސް ޑރ. މުއިއްޒު ރާއްޖޭގެ ރައްޔިތުންނާ ގާތަށް ވަޑައިގަންނަވާ ވަޑައިގަތުން. ވަކިން ހާއްސަކޮށް ރަށްރަށުގެ ކަޅުފަހުގައި ރައްޔިތުންނާއެކު ހޭދަކުރައްވާ އަގުހުރިވަގުތުތަކުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

ރ. އަތޮޅުގެ 11 ރަށަކަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އަތޮޅު ކައުންސިލާއި ރަށު ކައުންސިލް ތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ތަކާއި، ރަށް ރަށުގެ މުވައްސަސާ ތަކުގެ އިސް ވެރީންނާ ބައްދަލު ކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.

މިގެ އިތުރުން ރައްޔިތުންގެ ގާތަށް، ރަށްރަށަށް ވަޑައިގެން، ރައްޔިތުންގެ ހާލު ބައްލަވާ، އެ ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން އޮޅުންފިލުއްވައި، ދިމާވެފައިވާ މައްސަލަ ތަކަށް ހައްލު ހޯއްދެވުމަށް އެކިއެކި މުއައްސަސާ ތަކާއި އެކި ފަންތީގެ ބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައިވެ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy