ކޮންމެ ކުޑަކުއްޖަކީ ރަނގަޅު ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރާނަން

ރައީސް ޑރ. މުޙައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ ކުއްޖަކީ ވެސް ބަދަލުވަމުންމިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން މިހެން ވިދާޅުވީ، ދުނިޔޭގެ ތައުލީމު ދުވަހާ ގުޅޭގޮތުން ހިއްސާ ކުރެއްވި ހާއްސަ މެސެޖުގަ އެވެ.

ރައީސް ވިދާޅުވީ މި ގައުމުގެ ކޮންމެ ކުއްޖަކީ ވެސް، އެ ކުދިންގެ ތުއްތު ސިކުނޑިތައް މުއްސަނދިކޮށްދޭ ފަދަ އަގު ކުރުންތައް ގާއިމުކޮށްދޭ ފަދަ، ހިޔާލާއި އުފެއްދުންތެރި ކަމަށް ހިތްވަރު ދޭ ފަދަ، އަދި ބަދަލުވަމުން މިދާ ދުނިޔޭގައި ފައިހަމަކޮށްލުމުގެ ގާބިލުކަން ލިބޭ ފަދަ، ރަނގަޅު ފެންވަރުގެ ތައުލީމު ލިބޭ ކުއްޖެއްކަން ކަށަވަރު ކުރައްވާނޭ ކަމަށެވެ.

މި އަހަރުގެ ދުނިޔޭގެ ތައުލީމު ދުވަހުގެ ޝިއާރުކަމަށްވާ، "އޭއައި އެންޑް އެޑިއުކޭޝަން: ޕްރިޒާވިންގް ހިއުމަން އޭޖެންސީ އިން އަ ވޯލްޑް އޮފް އޮޓޮމޭޝަން" އަށް އިޝާރާތް ކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ތައުލީމީ ނިޒާމަށް ފުރުސަތުތައް ފަހިވެފައިވާ މި ދަނޑިވަޅުގައި އިންސާނީ ސިފަ ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަދި މިފަދަ ޒަމާނެއްގައި، ފަންނިއްޔާތާއި ތައުލީމު އެކުއެކީގައި އެކުލެވިގެން ދިއުމަކީ ލާޒިމު ކަމެއް ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަތީފަންތީގެ އީ-ލާނިންގ ވަސީލަތްތަކާއި، އާޓިފިޝަލް އިންޓެލިޖަންސާއި، ވާޗުއަލް ރިއަލިޓީ، ތައުލީމީ ނިޒާމުގެ ތެރޭގައި އެކުލަވައިގެން، ރާއްޖެ ފަދަ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ޖަޒީރާ ގައުމެއްގެ ކުރިމަގު، މުސްތަގުބަލުގެ ޖީލުތަކަށް އުޖާލާކޮށްދެވިދާނެ ކަމަށެވެ.

ޓެކްސްޓް ފޮތްތައް ޑިޖިޓައިޒްކޮށް، ގާބިލިއްޔަތުގެ މައްޗަށް ބިނާކޮށްފައިވާ ހައިބްރިޑް އުނގެނުމުގެ މޮޑެލްއެއްގެ އެހީގައި ރާއްޖޭގެ ތައުލީމީ ނިޒާމުން ދަނީ ކަރިކިއުލަމްގައި ޑިޖިޓަލް ޓެކްނޮލޮޖީ އެކުލަވަމުންކަން ފާހަގަކުރައްވައި، "ސްޓީމް" ތައުލީމުގެ އެހީގައި ތުއްތު ސިކުނޑިތަކުގައި ހުޅުކޮޅު ރޯކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދު، ތައުލީމުގެ މުހިންމުކަން ހަނދާންކުރަމުންދާ ހިނދު، ކުޑަކުދިންނާއި ޒުވާނުންގެ އިލްމާއި ހުނަރުތައް އިތުރު ކުރުމަށް، ތައުލީމީ ދާއިރާގައި އިހުލާސްތެރި މަސައްކަތްތައްކޮށްދެއްވާ ދިވެހި އަދި ބޭރުގެ ތައުލީމީ މުވައްސަސާތަކާއި ވަކިވަކި ފަރުދުންނަށް، ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

10 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy