ރައީސް މާކުރަތުގައި ވާހަކަފުޅު ދައްކަވަނީ --
މި އަހަރު ނިމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ޔުނިޓެއް ގާއިމުކުރައްވާނެ ކަމުގެ ޔަގީންކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ.
ރައީސް މި ޔަގީންކަން ދެއްވީ ރ. މާކުރަތަށް ވަޑައިގެންނެވެ.
އެމަނިކުފާނު ވިދާޅުވީ ރ. އަތޮޅުގައި ޕަބްލިކް ވޯކްސް ހިދުމަތް ދޭ މަރުކަޒު ގާއިމުވެގެންދާނީ މާކުރަތުގައި ކަމަށެވެ.
މިއީ އެއްވެސް ހާލެއްގައި ބޭކާރުވެގެންދާ ހަރަދެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދުރު ރާސްތާއަށް ބަލާއިރު، އުމްރާނީ ގޮތުން ރަށްރަށަށް ގެނެވޭ ތަރައްގީ ބެލެހެއްޓުމަށް ޕަބްލިކް ވޯކްސް ޔުނިޓެއް ހުރުމަކީ، އެތައް ހަރަދެއް ސަލާމަތް ކުރެވޭނެ ކަމެއް ކަމުގަ އެވެ.
ކޮންމެ އަތޮޅެއްގައި ޕަބްލިކް ވޯކްސް ހިދުމަތް ދިނުމަށް މަދުވެގެން، އެއް ޔުނިޓް ގާއިމުކުރެއްވުމުގެ އިތުރުން، އުތުރު އަދި ދެކުނުގެ ސަރަހައްދު ހިމެނޭ ގޮތަށް، ހުރިހާ ވަސީލަތަކާއެކު އެއްތަނުން އަނެއް ތަނަށް އުފުލައި، ބަދަލު ކުރެވޭ މޯބައިލް ޕަބްލިކް ވޯކްސް ޔުނިޓްގެ 2 ޔުނިޓް އުފައްދަވާނެ ކަން ވެސް ރައީސް ވަނީ އިއުލާން ކުރައްވާފަ އެވެ.
އަދި މި މަސައްކަތްތަކަކީ މި އަހަރުގެ ބަޖެޓުން ހަރަދު ކޮށްގެން ކުރިއަށް ގެންދާނެ މަސައްކަތްތަކެއް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް