ގުޅީފަޅު
ކުރީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަށް ގިނަބަޔަކު އެދުމުން ބާއްވާ ގުރުއަތުލުން އަންގާރަ ދުވަހު ބާއްވަން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭފަރާތްތައް ކަނޑައަޅާނީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތަކުން ކަން މީގެ ކުރިންވެސް އެ ވުޒާރާއިން އިއުލާންކޮށްފައި ވެއެވެ.
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން
1250 އަކަފޫޓުގެ 193 ގޯތި
1650 އަކަފޫޓުގެ 683 ގޯތި
2050 އަކަފޫޓުގެ 487 ގޯތި
2450 އަކަފޫޓުގެ 4 ގޯތި
ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ކުރިމަތިލި މީހުންގެ އަދަދުތައް
1250 އަކަފޫޓުގެ 1،093
1650 އަކަފޫޓުގެ 880
2050 އަކަފޫޓުގެ 234
2450 އަކަފޫޓުގެ 3
އެ ވުޒާރާއިން ކުރިން ކުރި އިއުލާނާއެކު އާންމުކުރެވުނު ލިސްޓްތަކަށް ހުށަހަޅާފައިވާ ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލްކުރެވިފައިވާ، ލިސްޓްތައް މިހާރު ވަނީ އާއްމުކޮށްފައެވެ.
އަދި އެ ލިސްޓްތަކުގެ ތެރޭގައި ހިމެނޭ ގިރާވަރުފަޅުން 2050 އަކަފޫޓާއި 2450 އަކަފޫޓުގެ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް ހުށަހަޅާފައިވަނީ ގުޅީފަޅަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުންނެވެ. އެހެންވެ ގުރުއަތުލުން ނޯންނާނެއެވެ.
ނަމަވެސް، ގިރާވަރުފަޅުން 1250 އަކަފޫޓާއި 1650 އަކަފޫޓުގެ ގޯތި ލިބިފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ކަނޑައެޅިފައިވާ އަދަދަށްވުރެ ގިނަވާތީ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުނެގުން އަންގާރަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލާމްގައި އޮންނާނެ ކަމަަށް އެ ވުޒާރާއިން ވިދާޅުވުއެވެ.
އެ ވުޒާރާއިން ވަނީ ގުރުނެގުމަށް ހަމަޖެހިފައިވާ ފޮއްޓަށް އަމިއްލައަށް ނަންކޮޅުލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދީފައެވެ. އެގޮތުން އެ ދުވަހު 9:00 އިން 10:00 އަށް އަމިއްލައަށް ނަންކޮޅު ލާން ފުރުސަތު ލިބޭނެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް