ތޫނު ހަތިޔާރުން ބިރުދައްކައި ބިދޭސީއެއްގެ އަތުން ފޭރުނު ބަޔަކު ހައްޔަރުކޮށްފި

ބިދޭސީއެއް އަތުން ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރު ކުރި މީހުން --

ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިދޭސީއަކަށް ބިރުދައްކައި، އޭނާ އަތުން ފައިސާ ފޭރުނު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަ ފުލުހަށް ހުށަހެޅީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ 9:14 ހާއިރު ކަމަށެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މާލޭ ރަސްފަންނު ސަރަހައްދުގައި ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ބަޔަކު ދުވެފައި ދާ ތަން ފެނުމުން އެ މީހުންގެ ފަހަތުން ދިޔަ މީހާއާ ސުވާލު ކުރުމުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ކުރި މައްސައްކަތުން ފޭރުނު މީހުން އަތުލައިގެނެވުނީ މާލޭ ނޯތް ހާބަރު ސަރަހައްދުންނެވެ.

ބިދޭސީ އަތުން އެމީހުން ފޭރިގަތް ފައިސާގެ ތެރޭގައި 1،000 ދިވެހި ރުފިޔާ، 10 ޔޫރޯ، 10 ބަންގުލަދޭޝް ޓާކާ، 20 ސްރީލަންކަން ރުޕީގެ އިތުރުން 500 އިންޑިއަން ރުޕީސް އަދި 2 ސިންގަޕޫރު ޑޮލަރުވެ އެވެ.

މި ފައިސާގެ ތެރެއިން 1،000 ދިވެހި ރުފިޔާއާއި 20 ސްރީލަންކަން ރުޕީ އަދި 2 ސިލްގަޕޫރު ޑޮލަރު ފުލުހުން މިހާތަނަށް ހޯދާފައިވެ އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ސ. ހިތަދޫ، އަޒާ، މުބާރިކު މުޙައްމަދު، 34، އާއި ފުވައްމުލަކު، ގުރަހާގެ، އަހުމަދު ފަޔާޒު، 30، އަދި ފުވައްމުލަކު، ކައިރުގެ، އަހުމަދު ނަދީފް، 36 އެވެ.

ފޭރުމުގެ މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy