ބޯޓު ބަނުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް ލޯނު ނެގޭ ގޮތް ހަދަނީ

ރައީސް ޑރ. މުއިއްޒު ރ. އިންނަމާދޫގައި ވާހަކަފުޅު ދައްކަވަނީ --

ބޯޓު ބަނުމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވެފައި ތިބި ދިވެހީންނަށް ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އިންނަމާދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ލުއި ގޮތެއްގައި، ރަހުނަކާ ނުލައި، ބޭންކިންގް ނިޒާމުގެ ތެރެއިން ލޯނު ނެގޭނެ އިންތިޒާމު ހަމަޖެހުމުން އިންޑަސްޓްރީ ފުޅާ ކުރުމަށް ފުރުސަތު ލިބޭނެ ކަމަށެވެ.

ރައީސް ވަނީ، މި ދާއިރާއިން ދިވެހި މަސައްކަތްތެރިން ބިނާކުރުމަށް ޓަކައި އިންނަމާދޫގައި ތަމްރީނުދޭ ހާއްސަ މަރުކަޒެއް ތަރައްގީ ކުރައްވަން ގަސްތު  ކުރައްވާކަން ހާމަ ކުރައްވާފަ އެވެ.

މި ފުރުސަތު ފަހިވުމުން ބޯޓު ބަނުމުގެ ސިނާއަތަކީ ދިވެހީންނަށް ހާއްސަ، އަދި ހަމަ އެކަނި ދިވެހި މަސައްކަތްތެރީން ހަރަކާތްތެރިވާ ދާއިރާއަކަށްވެ، ތަމްރީނު ވެފައިވާ ދިވެހިން އިތުރުވެގެންދާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން އެކަމަށް ލިބިގެންދާނެ ކަމުގައި ވިދާޅުވެފަ އެވެ.

އަދި ބޯޓު ބިލްޑިންގް އިންޑަސްޓްރީ ސެކްޓާގައި ދިވެހީންނަށް ކުރިއަށްދިއުމުގެ މަގު ފަހިކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy