ރައީސް މުއިއްޒު ރަސްމާދޫގައި ވާހަކަފުޅު ދައްކަވަނީ --
ރ. ރަސްމާދޫގައި ހައުސިން ޔުނިޓު މަޝްރޫއެއް ކުރިއަށްގެންގޮސްދެއްވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރަސްމާދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އެމަނިކުފާނު ވިދާޅުވީ ގެދޮރުގެ ދަތިކަމާއި ތޮއްޖެހުމަކީ، އިޖުތިމާއީ މައްސަލަތަކުގެ ވެސް މައިގަނޑު ސަބަބު ކަމަށެވެ.
އެހެންކަމުން، ރަސްމާދޫއަށް ވެސް ދިމާވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ހައުސިން ޔުނިޓު މަޝްރޫއެއް ކުރިއަށްގެންގޮސްދެއްވާނޭ ކަމަށެވެ.
ހުއްޓިފައިވާ ފެނުގެ ނިޒާމުގެ މައްސަލައަށް އިޝާރާތްކުރައްވައި އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތް ހަވާލުކުރި ފަރާތުން ރަސްމާދޫ ނޫން ރަށްރަށުގައި ވެސް މަސައްކަތް ހުރީ ހުއްޓާލާފައި ކަމަށެވެ.
ނަމަވެސް އަލުން އެ މަސައްކަތްތައް ފަށައި، މަސައްކަތް އެއްކޮށް ނިންމަވައިދެއްވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސުކޫލްގެ މަސައްކަތް ވެސް، ގޮސްފައިވާ ހިސާބު ދެނެގަނެ، ދެން ނިންމަން ހުރި މަސައްކަތްތައް، ސަރުކާރުން ކުރައްވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާއިން ވެސް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވައި، ލެބޯޓްރީއެއް ހިމެނޭ ގޮތަށް ރަށު ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާދޫ އަކީ، އެރަށުގައި ފުލުހުން ގާއިމުވެ ތިބޭ، އަދި ފުލުހުންގެ ހިދުމަތްދޭ ރަށަކަށް، ވީހާވެސް އަވަހަށް ހެއްދެވުމަށް ނިންމަވާފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ރަސްމާދޫ އެންޓަނާ މިހާރު ހުރި ތަނުން ބަދަލުކުރުމާއި، އެކަމުގައި ދޭންޖެހޭ ފައިސާއާ ގުޅޭގޮތުން، އުރީދޫއާ ވާހަކަދައްކައިގެން، ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން ހައްލު ހޯއްދަވައިދެއްވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި، ރަސްމާދޫގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި އެ ރަށު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކުރައްވާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް