ރައީސް މުއިއްޒު ހުޅުދުއްފާރުގައި ވާހަކަފުޅު ދައްކަވަނީ --
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހުރި ހުރިހާ ކުލާސްރޫމަކީ، މި އަހަރުގެ ބާކީ އޮތް މަސްތަކުގެ ތެރޭގައި، އިޔާދަކުރަނިވި ހަކަތައިއިން ފިނި ކުރެވޭ ގޮތަށް ހުރި ކުލާސްރޫމް ތަކެއް ކަމުގައި ހަމަޖެހިގެން ދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި ފަދައިން ވިދާޅުވީ ރ. ހުޅުދުއްފާރަށް މިއަދު ހެނދުނު ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެއާކޮންޑިޝަންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމަށް ސަރުކާރުން ފަށްޓާފައިވާ މަޝްރޫއަށް އިޝާރާތް ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ، އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކުލާސްރޫމްތައް ފިނިކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފަ އެވެ.
ހުޅުދުއްފާރުގެ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަމާއި، މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސުކޫލަށް ބޭނުންވާ ތަރައްގީގެ އިތުރު މަޝްރޫއުތައް ވެސް ހިންގައިދޭނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އަދި ހުޅުދުއްފާރަކީ ބޭރުގެ އެކި ރަށްރަށުން ގިނަ އަދަދެއްގެ ދަރިވަރުން އެ ރަށަށް ހިޖުރަކޮށްފައިވާ ރަށަކަށް ވާއިރު، ދަރިވަރުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ފަދައިން، ދަނާލުގެ އަމަލީ މަސައްކަތްތައް ވެސް މި ދެ އަހަރު ދުވަހުގެ ތެރޭގައި ހިންގައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް