އުނގޫފާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓައިދިނުމަށް ރައީސަށް ދަންނަވައިފި

ރައީސް މުއިއްޒު ރ. އުނގޫފާރު ކައުންސިލާ ބައްދަލިކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރ. އުނގޫފާރު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ މިހާރު އުނގޫފާރުގައި ހިނގަމުންދާ މަޝްރޫއުތައްް ފުރިހަމަކޮށްދެއްވައި، އާ މަޝްރޫއުތައް ފަށްޓަވައިދެއްވުމަށް އެދިފަ އެވެ.

މިގޮތުން ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ފައްޓަވައި ދެއްވައި، ރަށު ސުކޫލަށް ދިމާވެފައިވާ ޖާގާއިގެ ދަތިކަން ހައްލުކޮށްދެއްވުމަށާއި، އިތުރު ކުލާސް ރޫމްތަކެއް އެޅުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރި އެވެ.

 މީގެ އިތުރުން ރައީސް ވައުދުފުޅާ އެއްގޮތަށް އާބަން ސެންޓަރެއްގެ ގޮތުގައި ރަށް ތަރައްގީވެގެން އަންނައިރު، ވިޔަފާރި ބަނދަރެއް ރަށުގައި އޮތުމުގެ މުހިންމު ކަންވެސް ކައުންސިލުން ފާހަގަކުރި އެވެ.

އަދި ގައުމީ ޔުނިވަސިޓީގެ ކެންޕަހަކާއި، ޓިވެޓް ސެެންޓެރަކާއި، ސަރުކާރުގެ މުއަަައްސަސާތައް އެއްފުރާޅެެއްގެ ދަށުން ހިދުމަތް ދެވޭނެ އިމާރާތެއްގެ ބޭނުންތެރިކަން ވެސް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރި ކަންކަން ބައްލަވާނެކަމުގަ އެވެ. އަދި އެ މަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަ ކުރި ކަންކަމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy