ރަސްގެތީމަށް ބޭނުންވާ ތަރައްގީގެ ކަންކަން މި އަހަރުތެރޭ ކޮށްދޭނަން: ރައީސް

ރައީސް މުއިއްޒު ރ. ރަސްގެތީމުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ރ. ރަސްގެތީމުގެ ތަރައްގީއަށް ކުރަންހުރި ކަންކަން މި އަހަރު ތެރޭގައި ބާރު ދުވެލީގައި ކޮށްދެއްވާނޭކަމުގެ ޔަޤީންކަން، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ރަށު ރައްޔިތުންނަށް މިއަދު ދެއްވައިފި އެވެ.

ރައީސް މިޔަގީންކަން ދެއްވީ، ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް މި އަހަރު ތެރޭ ފައްޓަވާނޭ ކަމަށާއި، އަދި ސުކޫލްގެ ކްލާސްރޫމް ތަކާއި ހޯލުގެ މަސައްކަތް މިއަހަރު ތެރޭ ނިންމަވައިދެއްވާނޭ ކަމަށެވެ.

މީގެ އިތުރުން، ކުޅިވަރުގެ މައިދާން ވަސީލަތްތަކާ ގުޅުންހުރި މަސައްކަތް ތަކާއި، ކުނި ނައްތާލުމުގެ މަސައްކަތް ތަކާއި، ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމުގެ މަސައްކަތް ކުރިއަށްއޮތް މަސްތަކުގެ ތެރޭގައި ފައްޓަވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، މި އަހަރު ނިމޭއިރު، މައްސަލަތަކަށް ހައްލު ލިބި އެކަމުގެ އުފާ ފާޅު ކުރާ ދަނޑިވަޅުގައި، ރައްޔިތުން އެދޭ ނަމަ، މަސައްކަތް ތަކުގެ ނިމުން ފާހަގަ  ކުރުމަށް  އެމަނިކުފާނު ރަސްގެތީމަށް އެނބުރި ވަޑައިގަންނަވާނޭ ކަމަށް ވިދާޅުވަމުންނެވެ.

މި ރަސްމިއްޔާތުގައި ވަނީ، ބޭންކް އޮފް މޯލްޑިވްސް އިން ރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަސްމީ ގޮތުން ރަށު ކައުންސިލާ ހަވާލު ކުރައްވާފަ އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

22 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy