ރައީސް މުއިއްޒު ވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ --
ރ. ވާދޫއަކީ އިޔާދަކުރަނިވި ހަކަތައިން ހިދުމަތް ދޭ ރަށަކަށް ހެއްދެވުމަކީ އެ މަނިކުފާނު ނުހަނު ބޭނުންފުޅު ވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މި ފަދައިން ވިދާޅުވީ ރ. އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ތިން ދުވަހުގެ ދަތުރުގައި އެ އަތޮޅު ވާދޫއަށް ވަޑައިގެން، އެ ރަށުގެ ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ވާހަކަފުޅުގައި ރައީސް ވާދޫ، ސިފަ ކުރައްވާފައި ވަނީ، އަމިއްލައަށް އިސްނަންގަވައިގެން، ބިނާ ކުރަނިވި ވިސްނުމެއްގައި، ގިނަ ކަންތައް ތަކެއް ކުރާ ރައްޔިތަކު ދިރިއުޅެމުންދާ ރަށެއްގެ ގޮތުގަ އެވެ.
ވާދޫގެ ތަރައްގީއަށް ހާއްސަ ކަންތައް ތަކެއް އެބަހުރި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި ރަށަކީ އަމިއްލަ އަށް އިސް ނަގައިގެން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ވަރަށް ގިނަ މަސައްކަތް ތަކެއް ފަށާފައި އޮތް ރަށެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ވާދޫއަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، މުޅި ރަށުގެ ހުރިހާ ހަކަތައެއް، އިޔާދަ ކުރަނިވި ހަކަތަ، ވަކިން ހާއްސަކޮށް އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުން ކުރާ ރަށަކަށް ހެއްދެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
އަދި ރަށުގެ ރައްޔިތުން އެ ވިސްނުމުގައި ތިބި ނަމަ، އެ ރަށުގެ ހުރިހާ ތަންތަނަކީ އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ހެދިދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
އެކަން އެގޮތަށް ކުރެއްވުމަށް ގަސްތު ކުރައްވާ ކަމަށާ ނަމަވެސް އެއީ ވައުދުފުޅެއް ނޫން ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައްޔިތުން އެދޭ ނަމަ، ކުރިއަށް އޮތް ހަތަރު އަހަރު ނިމިގެން ދާއިރު ވާދޫއަކީ މި ރޮނގުން މޮޑެލް ރަށަކަށް ހައްދަވަން ބޭނުންފުޅު ކަމަށާއި، މުޅި ރަށް އެއްކޮށް،އިޔާދަކުރަނިވި ހަކަތައިން ހިންގާ ރަށަކަށް ވުން އެދިވަޑައިގަންނަވާ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.
ދާއިމީ ގޮތެއްގައި ކުނީގެ މައްސަލައަށް ހައްލު ގެންނަވާނެ ކަމާއި، އެކަން ހަމަޖެހިގެން ދާއިރު، މިހާރު ދޫކުރަން ހަމަޖެހިފައިވާ ގޯތި ތަކުގެ މައްސަލަ ވެސް ފަސޭހަ ކަމާއެކު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ރަށުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމަށް ބޮޑުހިލަ ޖެއްސުމުގެ މަޝްރޫއު ކުރިއަށް ދާއިރު، ރައްޔިތުން އެދޭ ފެންވަރުގައި ބަނދަރު ވެސް ހައްދަވައިދެއްވާނެ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް