ޕާކިސްތާނުގެ އައު ސަފީރާއި ފޮރިން މިނިސްޓަރު ހަލީލް ބައްދަލުކުރެއްވުން -- ފޮޓޯ/ ފޮރިން މިނިސްޓްރީ
ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފަތުހުﷲ ޖަމީލް ދީދީ ބިލްޑިންގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ހަލީލް ވަނީ ސަފީރަށް ތަހުނިޔާ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ޕާކިސްތާނު ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކޮށް އެ ކަމަށް ޝުކުރު ދަންނަވައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރާކުރެއްވި އެވެ.
މިއަދުގެ ބައްދަލުވުމުގައު ޕާކިސްތާނުގެ ސަފީރު ވަނީ އެ މަނިކުފާނުގެ ސަފީރު ކަމުގެ ދައުރުގައި ދެ ގައުމުގެ ދެ މެދުގައި އޮތް ގާތް ގުޅުން ބަދަހިކޮށް ދެ ގައުމަށް ވެސް ފައިދާ ހުރި ކަން ކަމުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު އާއި އެޑިޝަނަލް ސެކްރެޓަރީ އާމިނަތު އަބްދުﷲ ދީދީގެ އިތުރުން ޑިރެކްޓާ އަޝީރު އަބްދުލް އަޒީޒް ބައިވެރިވެވަޑައިގަތެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް