—
ނ. ލަންދޫ ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަން ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުން އޮންނާނީ ފެބްރުއަރީ އަށެއް ވާ ހޮނިހިރު ދުވަހުގަ އެވެ.
މި ރަށު އަންހެން ކައުންސިލަރުގެ ގޮނޑިއެއް ހުސްވީ ކުރިން އެ މަގާމުގައި ހުރި އެމްޑީޕީ މެންބަރު ޝީރީނާ އާދަމް އިސްތިއުފާ ދިނުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ މި އިންތިހާބުގައި ވާދަ ކުރާ ދެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު އިއުލާންކޮޮށްފަ އެވެ.
އެ ފަރާތް ތަކަކީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާތިފާ މޫސާ އަދި އިދިކޮޅު އެމްޑީގެ ފަރާތުން ވާދަ ކުރާ ފާތިމަތު ރިޔާޝާ އެވެ.
ރަށާއި މާލޭގައި ކެންޑިޑޭޓުންގެ ކެމްޕޭން ވަރަަށް ފޯރިއާއެކު ކުރިއަށް ގެންދާއިރު ވޯޓުލާ ފަރާތް ތަކުން ވިސްނާލަން ޖެހޭ މުހިއްމު ކަންތައް ތަކެއް ހުންނާނެ ކަން ޔަގީނެވެ.
ޑިމޮކްރެޓިކް ވެއްޓެއްގައި މިގޮތަށް ބާއްވާ އިންތިހާބު ތަކުގައި ހުރިހާ ވިސްނުމަކުން ބެއްޔަސް އެންމެ ރަނގަޅު ގޮތަކަށް ވެފައި އޮންނަނީ އެ އިރަކު އޮންނަ ސަރުކާރު ފަޅީގައި ހުންނަ މީހަކަށް ވޯޓު ދިނުމުން ކަމީ ކިތަންމެ ބޭނުން ނުވިޔަސް އަދުގެ ހަގީގަތެވެ.
ކަން މިހެން އޮތްއިރު ލަންދޫ ރައްޔިތުންގެ ކިބައިން އަތިފާ މޫސާ ކެންޑިޑޭޓު ނަންބަރު، 2، އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތެވެ.
ކައުންސިލުން ހުސްވި އަންހެން ކައުންސިލަރުގެ ގޮނޑިއަށް އޭނާ އިންތިހާބުކޮށްދިނުމެވެ. އިތުބާރާ އެކީ ވީހާވެސް ގިނަ ބަޔަކު އޭނާ އަށް ވޯޓު އެޅުމެވެ.
މި ގޮނޑިއަށް ހޮވައިދީފި ނަމަ، އާތިފާ ހުރީ އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ތައްޔާރު ވެގެންނެވެ. އޭނާ ހުންނަނީ ނަޒާހަތްތެރި ކަމާއި މުރާލި ކަމުން ނަމޫނާ ދައްކާލަން ލިބިދާނެ މިފަދަ ފުރުސަތަކަށް ބަލަބަލަ އެވެ.
"މި މަގާމަށް އަންނަން ބޭނުން ވަނީ ސަރުކާރުން ރަށަށް ގެނެސްދޭން ބޭނުންވާ ތަރައްގީ ގެނެސް ދެވޭނީ ސަރުކާރަށް އެއްބާރުލުން ދޭ ސަރުކާރު ހިންގައި ޕާޓީ އަށް ނިސްބަތްވާ ޕާޓީގެ މެންބަރަކު ހުރެގެން ކަމުގައި ވާތީ. އެހެންވެ ލަންދޫ ރައްޔިތުންގެ ފަރާތުން އެދެނީ މި ފަހަރު އަޅުގަނޑަށް މި ފުރުސަތު ދެއްވުމަށް. އިރާދަ ކުރެއްވިއްޔާ ތެދުވެރިކަމާ އެކު މަސައްކަތް ކުރާނަން. ތަފާތު ދައްކާނަން،" އާތިފާ ބުންޏެވެ.
ލަންދޫ ކައުންސިލް ގޮނޑިއަކަށް މިފަހަރު އާތިފާ ހޮވުމާމެދު މާލޭގައި ދިރިއުޅޭ އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތް އޮޅުން ފިލުވައިލީމެވެ.
އެގޮތުން ސުވާލު ކުރި މީހަކު ބުނި ގޮތުގައި އާތިފާ އަކީ ރަށުގެ އިޖުތިމާއީ ކަންކަމުގައި އެހާ ގިނައިން ނޫޅުނެއްކަމަކު މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ އަންހެނެކެވެ. ފަސްބައިގައި ހިރަފުސްކަމެއް ނެތް، ބަސްމަދު، އަދި އެހާމެ ތެދުވެރި އަމާނާތެރި އެކެވެ.
އިތުރު މީހުން ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ރަށު މީހުން ދެކެން ބޭނުންވާ ހިސާބަށް ތަރައްގީ ދާނީ ވެސް ވެރިކަން ކުރާ ޕާޓީގެ މެންބަރުން ކައުންސިލްގައި ތިބެގެންނެވެ.
އެހެން ކަމުން ގޮތް ބަލައިލަން އާތިފާ ފަދަ މުރާލި ކަނބަލަކު ރަށުގެ ކައުންސިލްގައި ބޭންދުމަކީ މިވަގުތަށް ވަރަށް މުހިއްމު ކަމަކެވެ. އަދި އާތިފާއަށް ލިބޭ ވޯޓު އިތުރު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް