އޮޕަރޭޝަން ކުރަނގި: މިއަދު އެކަނިވެސް 1455 ބިދޭސީންގެ މައުލޫމާތު ނަގައިފި

ގަލޮޅު ދަނޑުގައި ތިބި ބިދޭސީންތަކެއް -- ފޮޓޯ ކްރެޑިޓް/ ސަން

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މާލެ ސަރަހައްދުގައި މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި 1400އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު އެއްކޮށްފި އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުގެ 17ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމާ މުހާތަބު ކުރެއްވި އިރު، މި އޮޕަރޭޝަންގެ ތެރެއިން 10،000 ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުނު ކަމަށް އިއުލާން ކުރައްވާފައިވާ ކަމަށެވެ. އަދި އެ ފަހުން މިދިޔަ ދެ މަސްތެރޭ ވަނީ އިތުރު 15،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނެގިފައިވާ ކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މިއަދު ކުރި މަސައްކަތުން 1455 ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ނަގާފައިވާ ކަމަށާއި އަދި މުޅި އޮޕަރޭޝަންގައި މިއަދާ ހަމައަށް 25،483 ބިދޭސީންގެ ބައިމެޓްރިޓް ޑޭޓާ ވަނީ ނެގިއްޖެ އެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ތިން އަހަރުގެ ޕްލޭނެއްގެ ދަށުން ކުރަމުން އަންނަ މި މަސައްކަތް 2027 ވަނަ އަހަރުގެ އޭޕްރީލް މަހަށް ކާމިޔާބުކަމާ އެކު ނިންމާލެވޭނެ އެވެ.

މިއަދުގެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ހެނދުނު 8:00 އިން ހަވީރު 6:00އަށެވެ.

މުޅި ދުވަހުގެ މި އޮޕަރޭޝަންގައި މިނިސްޓްރީގެ 75 އޮފިޝަލަކު މާލޭގެ އިތުރުން، ތިލަފުއްޓާއި ގުޅީފަޅުގައި ހަރަކާތްތެރިވި އެވެ.

ހޯމް މިނިސްޓަރު ކުރިން ވިދާޅުވެފައިވަނީ ކުރަނގި އޮޕަރޭޝަނަކީ ރާއްޖޭގައި އެތައް އަހަރުތަކެއް ވެފައިވާ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ފެށި މުހިންމު މަސައްކަތެއް ކަމަށެވެ.

އަދި މި މައްސަލަ ނަގަނީ ގައުމީ ސަލާމަތަށް އޮތް ސެކިއުރިޓީ ކޮންސާނެއްގެ ގޮތުގައި ކަން ފާހަގަ ކުރައްވައި އިހުސާން ވިދާޅުވީ މިކަން ހައްލު ކުރަން އުޅެނީ އެގޮތުގެ މަތީން ކަމަށެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

46 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy