އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި ސަރަހައްދަށް އެއްވެފައި ތިބި މީހުން -- ފޮޓޯ/ ދެލި
މާލޭ އާޓިފިޝަލް ބީޗުގައި ރޭ މާރާމާރީ ހިންގި އިންޑިއާގެ ތިން މީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސް، ޑީޕޯޓުކޮށްލަން ނިންމާފައިވާ ކަމަށް އެ އިދާރާއިން މިއަދު ބުނެފި އެވެ.
އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އިއްޔެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީން ތަކެއްގެ މެދުގައި ހިންގި މާރާމާރީއާ ގުޅިގެން ތިން ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި އެންމެން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށެވެ.
ފުލުހުން ބުނީ ރޭގެ މާރާމާރީ ރިޕޯޓު ކުރީ 8:30ހާއިރު ކަމަށެވެ.
ބިދޭސީން ހިންގި މި މާރާމާރީގެ މަންޒަރު ރެކޯޑު ކުރި އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކަށް ވެސް އެމީހުން ވަނީ ހަމަލާ ދީ މާރާމާރީ ހިންގާފަ އެވެ.
އެ ވަގުތު މަންޒަރު ރެކޯޑު ކުރަމުންދަނިކޮށް، އެ ތަނުން ތިން މީހަކު ގޮސް އެ ޒުވާނާގެ ގަޔަށް ބޮލަށް އަރައިގަތީ އެވެ. އަދި އެ ތަނުން އެކަކު އޭނާގެ އަތުގައި އޮތް ފޯނު ފޭރެން އުޅުމުގެ ތެރޭ ކަންފަތްމަތީގައި ޖެހި އެވެ.
މާރާމާރީ ހިންގި އިންޑިއާ ތިން މީހުން ވެސް ހަމަ އެ ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް