އެސްޓޯނިއާގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އެސްޓޯނިއާގެ ދަތުރުފުޅަށްފަހު ރައީސް ޑރ. މުއިއްޒު މާލެ ވަޑައިގަތުން --

ރައީސުލްޖުމްހޫރިއްރާ ޑރ. މުޙައްމަދު މުއިއްޒު އެސްޓޯނިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، މިއަދު މާލެ ވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ ރައީސާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންނާއި، ޓާރްޓޫގެ މޭޔަރާއި، ތައުލީމީ ދާއިރާގެ މަންދޫބުންނާއި، ފާހަގަ ކޮށްލެވޭ އެހެނިހެން މުއައްސަސާ ތަކުގެ އިސްވެރީންނާ އެކު ވަނީ ބިނާކުރަނިވި މަޝްވަރާ ތަކެއް ކުރައްވާފަ އެވެ.

މި ދަތުރުފުޅުގައި، ރައީސް ވަނީ ތިން އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފަ އެވެ.

އޭގެ ތެރޭގައި ދެ ގައުމުގެ ސަރުކާރާ ދެމެދު މައުލޫމާތު ބަދަލު ކުރުމާއި، މޫސުމީ ބަދަލު ތަކާއި، ތިމާވެއްޓާއި، ހަކަތަ އާއި ބެހޭ ދާއިރާ ތަކުން އެއްބާރުލުން ދިނުމާއި ދެ ގައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމާއި އަދި، ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އާއި އެސްޓޯނިއާގެ މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް ޑިޖިޓަލް އެފެއާޒްއާ ދެމެދު ސޮއި ކުރެއްވި އެއްބަސްވުން ހިމެނެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އެސްޓޯނިއާގެ މުހިންމު އަދި ސަގާފީ ގިނަ ތަންތަނަށް ޒިޔާރަތްކުރެއްވި އެވެ.

އޭގެ ތެރޭގައި އީއެސްޓޯނިއާ ބްރީފިންގް ސެންޓަރު، ޕޯކޯ ޕޮޕް އެންޑު ކޮންޓެމްޕޮރަރީ އާޓް މިއުޒިއަމް، ޓާރްޓޫ ޓައުން ހޯލް، ޔުނިވަސިޓީ އޮފް ޓާރްޓޫ، އެސްޓޯނިއާ ބަޔޯބޭންކް، އެސްޓޯނިއަން ނޭޝަނަލް މިއުޒިއަމް (އީއާރުއެމް) އަދި ގްރީނާޖީ ޑޭޓާ ސެންޓާސް (ޖީޑީސީ) އަށް ކުރެއްވި ޒިޔާރަތް ހިމެނެ އެވެ.

މި ތަންތަނަށް އެމަނިކުފާނު ކުރެއްވި ޒިޔާރަތް ތަކުގައި، މުއައްސަސާތަކުގެ މަންދޫބުން ވަނީ އެ އިދާރާ ތަކުގެ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވައި، ދޭދޭ ގުޅުންތައް ބަދަހި ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy