އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު --
މިސްކިތުގެ ހުރުމަތް ކަނޑާ ފަރާތް ތަކަށް ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މިކަން ހަނދާންކޮށްދެއްވީ މިސްކިތެއްގެ ތެރޭގައި ދެ ޖިންސު އެކުވެގެން ހަރަކާތްތައް ކުރިއަށް ގެންދާ ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމުންނެވެ.
އެ ވީޑިއޯއިން ފެންނަނީ މިސްކިތެއް ތެރޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ދެ ޖިންސު މަސްހުނިިވެގެން ކޮންމެވެސް ކަހަލަ ގޭމެއް ނުވަތަ ކުޅިވަރެއް ކުޅޭ މަންޒަރެވެ. އަދި އެމީހުންގެ ތެރޭގައި ދިވެހީން ވެސް ތިބި ކަން ވީޑިއޯއިން އިވޭ އަޑުން އެނގެ އެވެ.
އެ ވީޑިއޯ ހިއްސާކުރި ފަރާތުން ލިޔެފައިވާ ގޮތުގައި އެއީ ތ. ވިލުފުށީ މިސްކިތެކެވެ.
މި މައްސަލައާ ގުޅުވައިގެން ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައް ތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލު ކަމަށް އައިސްފައި ކަމަށެވެ.
ޝަހީމް ވިދާޅުވީ މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މިސްކިތް ތަކުގެ ހުރުމަތް ކަނޑާ ފަރާތް ތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ..'“ އެމަނިކުފާނު ވިދާޅުވި އެވެ.
މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަތައް މި ފަހަކަށް އައިސް ގިނަކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން މިސްކިތަށް އަރައި ހަތިމަށް ރަތް ކުޅު ޖެހުމާއި މަސްތު ވެގެން ހުރެ މިސްކިތުގެ ތެރެއަށް ހޮޑުލުމާ ވުޟޫ ކުރާ ބައިގައި ހުންނަ އިސްކުރު ބަރި ފަދަ ތަކެއްޗަށް ގެއްލުން ދިނުން ކަހަލަ ކަންކަން ވަނީ ކޮށްފަ އެވެ.
މީގެ އިތުރުން މިސްކިތުގައި ކަރުން ނާރު ފުއްޕާ ވަރަށް ޒުވާބުކޮށް މާރާމާރީ ހިންގުމާ އަދި ހުރުމަތްތެރިވެގެންވާ މިފަދަ ތަންތަނަށް ވަދެ، ޓިކްޓޮކް ކުޅުން ފަދަ ކަންތައްތައް ވެސް ކޮށްފައި އެބަހުއްޓެވެ.
އެކަމަކުވެސް މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ ކަމުގެ ޝަކުވާ ބޮޑެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް