އަންނަ ހޯމަ ދުވަހު ސައުދީން ހަދިޔާކުރި ކަދުރު ބަހަން ފަށަނީ

އަންނަ ހޯމަ ދުވަހުން ފަށައިގެން ސައުދީން ހަދިޔާ ކުރި ކަދުރު ބަހަން ވަނީ ނިންމާފައި --

ސައުދީ އަރަބިއްޔާ އިން ކޮންމެ އަހަރެއްގެ ރޯދަ މަހަށް ފޮނުވާ ކަދުރު މިހާރު ލިބިފައިވާތީ އެ ކަދުރު އަންނަ ހޯމަ ދުވަހު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކަދުރު ބެހުމަށް ހަަމަޖެހިފައި ވަނީ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ ހަ ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސް ތަކުގެ ހެނދުނު 9:30 އިން މެންދުރު 1:00 އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭ ސަރަހައްދުގައި ކަދުރު ބަހަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގަ އެވެ. އަދި ރަށްރަަށަށް ނުވަތަ ސިޓީ ތަކުގައި ކަދުރު ބަހާނީ، ރަށު ކައުންސިލު ތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.

ކަދުރު ބަހަން ނިިންމާފައި ވަނީ ކޮންމެ 100 ގެއަކަށް 25 ޕެކެޓުގެ މަގުންނެވެ. ސިޓީ ތަކާއި އަތޮޅުގެ ރަށް ތަކުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީ ތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީ އަކަށް އެއް ޕެކެޓް ކަދުރެވެ.

ގޭބިސީ ތަކަށް ކަދުރު ބަހާނީ އެ ގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރަށް ބަލައި އަދި ކަދުރު ބަލައި ދާ ފަރާތުގެ އައިޑީ ކާޑަށް ބެލުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ޖަމުއިއްޔާ ޖަމާއަތް ތަކުގެ ތެރެއިން ރޯދަ މަހުގެ އިފުތާރު ޕްރޮގްރާމަށް ނުވަތަ ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތް ތަކަށް ވެސް ކަދުރު ދޭ ގޮތަށް މިނިސްޓްރީން ހަމަޖައްސާފައިވެ އެވެ.

މިދިޔަ ދެ އަހަރު ވެސް ސައުދީން 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާ ކުރި އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy