އިޒްރޭލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --
އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށްް އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓް ދެކޮޅު ކަމަށް ނިންމައިފި އެވެ.
އިސްރާއީލުގެ ކެބިނެޓް ބައްދަލުވުން މިއަދު ހެނދުނު ބޭއްވުމަށް ހަމަޖައްސާފައިވާއިރު، ހަނގުރާމަ ހުއްޓާލުން އަންނަ އާދީއްތަ ދުވަހު ތަންފީޒު ކުރަން ފެށުމަށް ވަނީ ރޭވިފަ އެވެ.
އެހެން ނަމަވެސް ނަތަންޔާހޫގެ އޮފީހުން އެންމެ ފަހު ވަގުތު ވަނީ އެއްބަސްވުމަށް އަމަލު ކުރުމާ ގުޅޭގޮތުން ކެބިނެޓުގައި ނަގަން މިއަދު ހަމަޖެހިފައި އޮތް ވޯޓު ހުއްޓުވައިފަ އެވެ. ނަމަވެސް ވޯޓު ހުއްޓުވި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.
ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ބުނަނީ އެއްބަސްވުމުގައިވާ ބައެއް ކަންކަމަށް ހަމާސްއިން އިންކާރުކޮށްފައިވާ ކަމަށާއި އެއީ އެންމެ ފަހު ވަގުތު އިތުރު ފައިދާ ތަކެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
މީގެ އިތުރުން އެއްބަސްވުމުގައިވާ ބައެއް ކަންކަމަށް ހަމާސްއިން އިންކާރު ކޮށްފައިވާ ކަން ފާހަގަ ކޮށްފައިވެ އެވެ. އަދި އެއްބަސްވުމުގައިވާ ހުރިހާ ކަމަކަށް ހަމާސްއިން އެއްބަސްވެއްޖެ ކަން މެދުވެރިން އެންގުމާ ހަމައަށް ކެބިނެޓް ބައްދަލުވުން ނުބޭއްވޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްރާއީލުން މިހެން ބުނެ ބަހަނާ ދައްކާފައިވާއިރު ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ އިއްޒަތް އަލް-ރިޝެޤު ވިދާޅުވީ، ބުދަ ދުވަހު މެދުވެރިން އިއުލާނު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ހަމާސްއިން ފުރިހަމައަށް އަމަލު ކުރާނެ ކަމަށެވެ.
މަޝްވަރާގައި މެދުވެރިންގެ ދައުރު އަދާކުރި ގައުމުތަކުން މިއަދު ބުނި ގޮތުގައި ހަ ހަފްތާގެ މުއްދަތަކަށް ދެމިގެންދާ މި އެއްބަސްވުމުގެ ދަށުން ހަމާސްއިން 33 އަސީރުން ދޫކޮށްލުމަށް ހަމަޖެހިފައިވާއިރު، އިސްރާއީލުން ފަލަސްތީނުގެ ގައިދީން ދޫކުރާނެ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ގައްޒާއަށް ދެމުންދާ ހަމަލާ ތަކަށް މިވީ 15 މަސް ތެރޭގައި މިހާތަނަށް 46،707 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ އިރު، މީގެ ތެރޭގައި 18،000 ކުޑަކުދިން ހިމެނެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް