ވައްކަމުގެ މީހަކާއި ޑުރަގު މީހެއް ތަހުގީގަށް ހާޒިރުވާން އަންގައިފި

ފުލުހުންގެ ތަހުގީގަށް ހޯދަމުން އަންނަ އިސްމާއީލް އަހުމަދު (ކ) އަދި މުޙައްމަދު ޝައިހާން (ވ) —

ފުލުހުންގެ ޑުރަގު އެންފޯސްމެންޓުން ތަހުގީގު ކުރާ މައްސަލަ އަކާއި ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރެވިފައިނުވާ ދެ މީހަކު، ހޯދަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެގޮތުން ޑުރަގު މައްސަލައިގެ ތަހުގީގަށް ހޯދަނީ ހ. ގާޑަންބިޔުޓީ، މުޙައްމަދު ޝައިހާން، 25، އެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ތަހުގީގަށް ހާޒިރު ކުރަނީ ޑުރަގު އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް މުޙައްމަދު ޝައިހާން، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.

ދާންދޫ ޕޮލިސް ސްޓޭޝަނުުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައިގެ ތަހުގީގަށް ހޯދަނީ ގއ. ދާންދޫ، ސޯސަންގެ އިސްމާއީލް އަހުމަދު، 37، އެވެ.

ވައްކަމުގެ މި މައްސަލައިގެ ތަހުގީގަށް މިމަހުގެ 23 ވަނަ ދުވަހުގެ 11:00އަށް އިސްމާއީލް އަހުމަދު، ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގު ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް ހާޒިރުވުމަށް އަންގާފައިވެ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

18 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy