ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު --
ގައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތް ތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ފަރާތް ތަކުގެ އަގު ވަޒަން ކުރައްވައިފި އެވެ.
ހަމަލާތައް ހުއްޓާލަން ނިންމުމާއި ގުޅިގެން، އެ މަނިކުފާނުގެ ޝުއޫރު ފާޅު ކުރައްވައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަމަލާތައް ހުއްޓާލުމަކީ ހިތްޕުޅަށް ލިބިވަޑައިގަތް ހަމަޖެހުމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
ހަމަލާތައް ހުއްޓާލުމަށް ނިންމި ނިންމުން ދެމެހެއްޓުމަށާއި، ގެދޮރު ގެއްލިފައިވާ މީހުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، އިންސާނީ އެހީ އަށް ފުރުސަތު ދިނުމަށް، ބައިނަލްއަގުވާމީ މުޖުތަމައުގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ވަނީ، އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާ ތަކުގައި އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލުދޭން ޖެހޭނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އިސްރާއީލުން ދިން ހަމަލާ ތަކުގައި ސުންނާފަތިވެފައިވާ އިމާރާތް ތަކާއި ބިނާރު، އަލުން އާރާސްތު ކުރުމަށް ބޭނުންވާ އަވަސް އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވައިލެއްވި އެވެ.
ފާއިތުވެ ދިޔަ 15 މަސް ދުވަހުގެ ތެރޭގައިރާއްޖެއިން ވަނީ، ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ.
އެގޮތުން، އދ.ގެ ސަލާމަތީ މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގައުމަކުން އިންސާނީ ހައްގު ތަކަށް އަރައިގަންނަ ހިނދު، އެކަން ތަހައްމަލު ކޮށްގެން ތިބެގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑު މިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދި ކަމަކީ ބަހަނާ އަކަށް ވެގެން ނުވާނޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ގޮވާލައްވައިފައެވެ.
މީގެ އިތުރުން، ފަލަސްތީނުގައި ހިންގަމުން ގެންދިޔަ ގަތުލުއާންމު އާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓު ތަކަށް ހުށަހެޅި ބޮޑެތި މައްސަލަ ތަކުގައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކޮށްދިނުމަށް، ރާއްޖެއިން ވަނީ ތަދައްހުލުވެފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް