މީހެއްގެ ގައިގައި ސައިކަލުން ޖައްސާ ފިލަން އުޅުނު ލޫތު އިބްރާހީމް —
ހުޅުމާލޭގައި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހަކު ހައްޔަރުކޮށްފި އެވެ.
އިއްޔެގެ ވަގުތެއްގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ ކެއާ ޕްލަސް ފިހާރަ ކައިރީގައި ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި، މަގުން ހިނގާފައި ދިޔަ އުމުރުން 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ސައިކަލުން ޖެހި އަނިޔާ ވެގެން ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި ސައިކަލު ދުއްވަން އިން މީހާ މި އެކްސިޑެންޓު ހިނގުމާއެކު ސައިކަލު ދޫކޮށްލުމަށްފަހު ފިލުމުން އެމީހާ ހޯދައި އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅުވައިގެން ހައްޔަރު ކޮށްފައި ވަނީ ގދ. ވާދޫ، ފުރުސަތު، ލޫތު އިބްރާހީމް، 27، އެވެ.
އޭނާގެ ބަންދަށް ހަތް ދުވަހުގެ މުއްދަތު ކޯޓުން ދީފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މަގު ތަކަށް ނުތަކާ ވަރަށް އެއްގަމު އުޅަނދުތައް ގިނަވެފައިވާ މި މާލެ ސިޓީއަށް ކޮންމެ ދުވަހަކީ ވެސް ބޮޑު އަނިޔާއެއް ވެގެން ހޮސްޕިޓަލަށް ނުގެންދިޔައެއް ކަމަކު ދުއްވާ އެއްޗަކުން ޖެހި ކޮންމެ ވެސް މީހަކަށް އަނިޔާއެއް ލިބޭ ދުވަހެކެވެ.
ނުރައްކާތެރި މި މައްސަލަ ހައްލު ކުރުމަށް ސަރުކާރު ތަކުން މިހާތަނަށް ވެސް ނުކުޅެދިފައިވާ ކަން ފާހަގަކޮށްލެވެ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް