އަތޮޅު ތެރޭގެ ހަތަރު ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން ވަނީ އިއުލާންކޮށްފައި --
އަތޮޅުތެރޭގެ ހަތަރު ސުކޫލަކަށް ޕްރިންސިޕަލުން ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވަނީ ހަތަރު ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ.
އެގޮތުން ޕްރިންސިޕަލުން ހޯދުމަށް ކުރި އިއުލާނުގައި ހިމެނެނީ ބ. ކަމަދޫ ސުކޫލް، ލ. ކުނަހަންދޫ ސުކޫލް، ގއ. ގެމަނަފުށި ސުކޫލް، އަދި ހއ. ވަށަފަރު މަދަރުސާ އެވެ.
ޕްރިންސިޕަލުގެ މަގާމަށް އެންމެ ގާބިލު ބޭފުޅަކު ހޮވާއިރު ތިން ކަމަކަށް ބަލާނެ އެވެ. އެއީ ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީން އަދި މަސައްކަތުގެ ދާއިރާގައި ލިބިފައިވާ ތަޖުރިބާ އެވެ.
އޭގެ އިތުރުން ގާބިލުކަން ބެލުމަށް ހާއްސަ އިންޓަވިއުއެއް ވެސް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފައި ވަނީ އެކި ރޭންކު ތަކުން ކަމަށްވާތީ މަގާމުގެ އަސާސީ މުސާރަ އަދި ސަޕޯޓިން ކޯ އެލަވަންސް އެކި ރޭންކު ތަކަށް ތަފާތެވެ.
އިއުލާން ކޮށްފައިވާ ޕްރިންސިޕަލުންގެ ރޭންކު ތަކަށް ބަލާއިރު އެއް ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރަ އަކީ 16,647 ރުފިޔާ އެވެ. މަގާމުގެ އެލަވަންސަކީ 9534 ރުފިޔާ އެވެ. އަދި ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 258 ރުފިޔާ ލިބެ އެވެ.
ދެ ވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 17,985 ރުފިޔާ އެވެ. މަގާމުގެ އެލަވަންސަކީ 10,300 ރުފިޔާ އެވެ. އަދި ހާޒިރީ އެލަވަންސެއްގެ ގޮތުގައި ނުކުންނަ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބޭނެ އެވެ.
މި ވަޒީފާ ތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ 21 ޖެނުއަރީ ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިންނެވެ.
ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް