ސައްހަ ނޫން ފޯމު ހުށަހެޅި މައްސަލައިގައި އިހުސާނާ ސުވާލު ކުރަނީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ވެރިކަން ކުރާ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަން ހިންގި ހަރަކާތުގެ ތެރެއިން ސައްހަނޫން ފޯމްތަކެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާނާ ސުވާލުކުރެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

މީކާއީލް ފޮނުވާފައިވާ ސުވާލުކުރުމުގެ ނޯޓިސްގައި ވަނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާބޭސް ބޭނުން ކޮށްގެން މީހުންގެ ޝަޚްސު އޮޅުވާލައި ޕީއެންސީއަށް މެންބާޝިޕް ފޯމު ފުރާވާކަން ހާމަވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މީކާއީލް ކުރަން ހުށަހަޅުއްވާފައިވާ ސުވާލަކީ މީހުންގެ ޒާތީ މައުލޫމާތު އިތުރަށް ރައްކާތެރި ކުރުމަށް އަޅަނީ ކޮން ފިޔަވަޅެއްތޯއާއި ސައްހަނޫން ފޯމު ތަކުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ ހޯމް މިނިސްޓްރީގެ އިސްވެރިންނާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ ސުވާލު ކުރަން އެދިފަ އެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީން ހުށަހެޅި ފޯމްތަކުގެ ތެރޭގައި ސައްހަނޫން ފޯމްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އަދި ޕާޓީއަށް ހުށަހެޅޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޕާޓީގައި ގާއިމު ކުރެވިފައި ނެތްކަން ވެސް ފާހަގަ ކޮށްފައިވެ އެވެ.

މި މައްސަލަ މިހާރު އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ވެސް ބަލަމުންދާކަން އަންގާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މި ތަހުގީގަށް އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ޕީއެންސީން ޔަގީންކަން ދީފައިވެ އެވެ.

މިފަދަ ކަންކަމަކީ ޕީއެންސީން ހިތްވަރުދޭ ނުވަތަ ބޭނުންވާ ކަންކަމެއް ނޫންކަމަށް ބުނެ، އެއްވެސް މީހަކު އޭނާއަށް ނޭނގި ޕާޓީއަށް ވައްދާފައިވާނަމަ، އެކަން އަންގައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

14 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy