ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވޭ، އެކަން އަންނަނީ ބަލަމުން: ޕީއެންސީ

ޕީއެންސީ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --

ސަރުކާރު ހިންގައި ޕީއެންސީގެ ނަމުގައި ސައްހަ ނޫން ފޯމްތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅިވާތީ އެކަން ބަލަމުން އަންނަ ކަމަށް އެ ޕާޓިން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން، ޕީއެންސީއަށް ވަގަށް ވައްދާ ކަމަށް ބުނާ މައްސަލަ ފެންމަތިވުމުން އީސީ އަދި ފުލުހުން އަންނަނީ އެ މައްސަލަ ބަލުންނެވެ.

ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ހިންގި "މެމްބަޝިޕް ޑްރައިވް" ގައި ޕާޓީއަށް ހުށަހެޅި އެތައް ހާސް ފޯމެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނިކޮށް މަދުން ނަމަވެސް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާކަން އެ ޕާޓީ އަށް ވަނީ ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ޕާޓީގެ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތުން އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް ފޯމުތައް އަޕްލޯޑުކުރަމުން ދިޔަ ނަމަވެސް، ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގާބިލްކަން އެ ޕާޓީއަށް ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ވެރިކަން ކުރާ ޕީއެންސީން އިތުރަށް ބުނީ މި މައްސަލަ އިލެކްޝަންސް ކޮމިޝަނާއި، ފުލުހުން ބަލަމުންގެންދާކަން ޕާޓީއަށް އަންގާފައިވާކަމަށެވެ. އަދި އެ ޕާޓީން ފޯމުތައް ހުށަހެޅިފައިވާގޮތް ބަލަމުންދާ ކަން ފާހަގަ ބަޔާނުގައި ބުނަނީ ފުލުހުންނަށާއި އީސީއަށް ފުރިހަމަ އެއްބާލުން ދޭނެ ކަމަށެވެ.

ވަގު ފޯމުގެ މައްސަލަ ބޮޑުވެފައި އޮއްވާ، އެމްޑީޕީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެންބަރުންގެ އިތުރުން މަނަދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ތޯރިގު ވެސް ޕީއެންސީއަށް ވައްދާފައިވާ މައްސަލަތަކެއް ވަނީ ސަމާލުކަމަށް އައިސްފަ އެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

20 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy