ހީނާމާގެ ޕާކިން ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި 17 ބިދޭސީން ހައްޔަރުކޮށްފި

ހީނާމާގޭ ޕާކިން ސަރަހައްދުގައި އިމިގްރޭޝަނުން ހިންގި ރެއިޑެއްގެ ތެރެއިން --

ހީނާމާގޭ ޕާކިން ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި 17 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް، އަބަދުވެސް އާއްމުންގެ ފަރާތުން ކަންބޮޑުވުން ލިބެމުން އަންނަ ސަރަހައްދެއް ކަމުގައިވާ، ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށް ޓާސްކުފޯހުން މިއަދު ވަނީ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އެގޮތުން ވަނީ މި ސަރަހައްދަށް އެއްވެއުޅޭ ބިދޭސީންނާއި މި ސަރަހައްދުގައި ބިދޭސީން އިސްވެ ތިބެ ހިންގަމުންދާ ފިހާރަ، ކެފޭ ފަދަ ތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ.

މި ސަރަހައްދުން ބަލައި ފާސްކުރެވުނު ތަންތަނުގައި ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ 17 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

އަތޮޅުތެރެ އާއި މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ހޯދަން އިމިގްރޭޝަނުން އަންނަނީ އޮޕަރޭޝަންތައް ހިންގަމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ 5،000 ބިދޭސީން މިދިޔަ އަހަރު ތެރޭ އަނބުރާ ގައުމަށް ފޮނުވާލާފައިވާއިރު އިމިގްރޭޝަނުން ބުނީ އަމާޒަކީ އެ އަދަދު މި އަހަރު ތެރޭގައި ދެގުނަ ކުރުން ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy