އަލަށް ނެރޭ 100 ރުފިޔާގެ ނޫޓު -- ފޮޓޯ/ އެމްއެމްއޭ
ރާއްޖޭގައި މިހާރު ދައުރުވާ ފައިސާގެ ތެރެއަށް އެންމެ ފަހުން ޗާޕުކުރި 100 ރުފިޔާގެ ނޫޓުތައް ނެރޭނެ ކަމަށް ސެންޓްރަލް ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެ ބޭންކުން ބުނަނީ މިހާރު 100ގެ އައު ޗާޕެއް ދައުރުކުރާ ފައިސާގެ ތެރެއަށް ނެރޭނީ މި މަހުގެ 19 ގައި ކަމަށާއި އެ ނޫޓުތަކުގައި އޮންނާނީ ކުރީގެ ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ކަމަށެވެ. އަދި އެ ނޫޓުތަ ކުގައިވާ ތާރީހަކީ ހަތެއް ޖުލައި ،2024 އަދި އެކެއް މުހައްރަމް 1446 ކަމަށް ވެސް އެމްއެމްއޭން ބުންޏެވެ.
އެ ނޫޓުތަކުގެ މޫނުމަތީ އަގާއެކު ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު ނޫޓުގެ ދެ ފަރާތުގައި ވެސް ދިވެހި ރުފިޔާގެ ނިޝާން ޖަހާފައިވެ އެވެ.
ރާއްޖޭގައި ކުރިން ބޭނުންކުރަމުން އައި ކަރުދާސް ނޫޓުތައް ހުއްޓާލާ މިހާރު ބޭނުން ކުރަމުން އަންނަ "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓަކީ ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.
މި ނޫޓު ތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސް ތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެ އެވެ.
އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއް ނޫނެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް