ކުރީގެ ރައީސް މުޙައްމަދު ނަޝީދު --
އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެ ކަމަށާއި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާކަމެއް ކަމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް ހޭދަ ކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީ ތަކެއް އެކުލެވޭ ނިޒާމެއް ގާއިމް ކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށް، ރައްޔިތެއްގެ ތަނަވަސް ކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތެއް އޮތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
މީގެ ކުރިން 2008 ވަނަ އަހަރުގެ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެގެން ދިޔަ މިންވަރު އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދައި ދެވުނު އިޖްތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ހުރި މިންވަރުކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.އަދި އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީއަކީ އަޅުގަނޑުގެ ދަރިއެއް ފަދަ ޕާޓީއެއް. އެ ޕާޓީ ވަގުދަގަވެ އޮތުން އެއީ އަބަދުވެސް އަޅުގަނޑު އެދޭނެ ކަމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަހުން އެމަނިކުފާނު ގުޅިވަޑައިގެން ދަ ޑިމޮކްރެޓްސް އަކީ ހާއްސަ ގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
މީގެން އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރަން މިވަގުތު ބޭނުންވެވަޑައިނުގަންނަވާކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވެވަޑައިގަތުމުގެ ވިސްނުންފުޅެއް ވެސް ނެތް ކަމަށެވެ.
އެމްޑީޕީއަކީ އުފަން ދަރިއެއް ގޮތުގައި ނަޝީދު ސިފަ ކުރެއްވިއިރު، މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި އެމަނިކުފާނު ހަރު އަޑުން ވިދާޅުވަމުން ގެންދެވީ އެ ޕާޓީ ރޫޅާލާ މަގުމަތިކޮށްލާނެ ކަމަށެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް